ބަތަލް އަމީތާބް ބައްޗަން ކައިވެންޏަށް ހުށައެޅީ ޖާޔާ ބައްޗަން އަށް ވަޒީފާއަށް ނުދެވޭނެ ކަމަށް ޝަރުތުކޮށް ކަމަށް ޖާޔާ ހާމަކޮށްފިއެވެ.
އެގޮތުން އަމީތާބު ޖާޔާ ކައިރިން އިންނަން އަހާފައި ވަނީ ޔޫރަޕް އަށް ދާން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ. އަމީތާބުގެ މައިން ބަފައިން އަމީތާބު ކައިވެނި ނުކޮށް ޖަޔާ އެކު ފޮނުވަން ބޭނުން ނުވެ ކައިވެނި ކުރުމަށް އެންގީ ކަމަށެވެ.
ކައިވެންޏަށް އަމީތާބު ހުށައެޅީ ޝަރުތު ތަކަކާއި އެކުގައި ކަމަށާއި އެގޮތުން ޖާޔާ އަށް ވަޒީފާއަށް ނުދެވޭނެ ކަމަށް އޭނާ ބުނި ކަމަށެވެ. އަދި ކޮންމެ ދުވަހަކު އެތައް ވަގުތެއް އަންހެނުން މަސައްކަތް ކުރަން ބޭނުން ނުވާ ކަމަށް ބުނި ކަމަށެވެ.
އެތައް އަހަރެއް ކައިވެނި ކޮށްގެން އުޅުން މި ފަންނާނުން އެއްކޮށް ވަނީ ގިނަ ފިލްމު ތަކުން ފެނިގެން ގޮސްފައެވެ. އެގޮތުން ސިލްސިލާ، ޗުޕްކޭ ޗުޕްކޭ، ކަބީ ކުޝީ ކަބީ ގަމް ހިމެނެއެވެ.