ތެލޫގޫ ބަތަލް ވިޖޭ ދެވޮރަކޮންޑާ އަކީ ކައިވެނި ކޮށްގެން އުޅޭ މީހެއް ކަމަށް ޖާންވީ ތުހުމަތު ކޮށްފިއެވެ.
މިފަހުން ޖާންވީގެ ކުރިއަށް އޮތް ފިލްމު ޕްރިމިއާގައި ޖާންވީއަށް ވަނީ އޭނާއަށް އެންމެ ކަމުދާ ފިރެހެން ތަރިންގެ ނަންތައް ހާމަކުރުމަށް އެދި ސުވާލުކޮށްފައެވެ. އެގޮތުން އޭނާގެ ލިސްޓަށް ވިޖޭ އެއް ދެން ނާރާނެ ކަމަށް ވަނީ ހާމަކޮށްފައެވެ.
އަދި ވިޖޭ އަކީ މިހާރު ކައިވެނި ކޮށްގެން އުޅޭ މީހެކޭ ވެސް ބުނެވިދާނެ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. ޖާންވީގެ މިވާހަކަ އާއި އެކު ވިޖޭގެ ސަޕޯޓަރުން ތިބީ ޝޮކެއްގައެވެ.
ވިޖޭ އާއި ރަޝްމިކާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން ކަމަށް ވެސް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އެގޮތުން އެކީގައި އަބަދު ތަންތަނަށްދާ މި ދެމީހުންނަކީ ރައްޓެހިންއަށް ވުރެ ގާތް ދެމީހުން ކަމަށް ރަޝްމިކާ ވެސް ވަނީ ބުނެފައެވެ.
ޖާންވީގެ މިވާހަކާއި އެކު މި ދެފަންނާނުން ވަނީ ސިއްރުން ކައިވެނި ކޮށްފައި ކަމަށް ވެސް ބައެއް ފަރާތް ތަކުން ދަނީ ތުހުމަތު ކުރަމުންނެވެ. ނަމަވެސް މިކަމަށް ވިޖޭ އަދި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.