ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ އާއި ސިދާތު މަލޯތުރާގެ ލޯބީގެ ގުޅުމުގެ ވާހަކައަކީ މިއަހަރު އެންމެ ގިނައިން ނޫސްތަކުގެ ފަލަ ސުރުހީ އިން ޖާގަ ހޯދި ވާހަކަ ތަކެވެ.
އެގޮތުން މި ދެތަރިން ކައިވެނި ކުރަން އުޅޭ ކަމަށް ވެސް މީގެ ކުރިން ވަނީ މީޑިއާ ތަކުން ހާމަކޮށްފައެވެ. ނަމަވެސް ސިދާތު ވަނީ އެކަމާއި ދެކޮޅު ހަދައި އެ މީހުން އަދި ކައިވެނި ކުރަން ނޫޅޭ ކަމަށް ހާމަކޮށްފައެވެ.
ކިއާރާގެ ގާތް އެކުވެރިއެއް ނާން ހާމަ ނުކުރުމަށް އެދި ބޮލީވުޑް ހަންގާމާއަށް ދީފައިވާ އިންޓަވިއެއްގައި މި އަހަރުގެ ޑިސެމްބަރުގައި މި ދެތަރިން ކައިވެނި ކުރަން އުޅޭ ކަމަށް ވަނީ ހާމަކޮށްފައެވެ. އެގޮތުން ކައިވެނީގެ ހުރިހާ ތައްޔާރީތަކެއް ދަނީ ކުރިއަށް ކަމަށާއި އިތުރު ތަފްސީލު އަދި ހާމަ ކުރެވެން ނެތް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ނަމަވެސް ރަސްމީކޮށް އަދި މި ވާހަކައަށް މިދެ ފަންނާނުން ވެސް އެއްޗެއް ހާމައެއް ނުކުރެއެވެ. މި ދެތަރިން ގުޅުން ފެށިފައި ވަނީ އެކުގައި މަސައްކަތް ކުރި ފިލްމު :ޝޭރްޝާހް“ އިންނެވެ. މި ދެތަރިން އެކުގައި އިތުރު ފިލްމަކަށް ވެސް ވަނީ ސޮއި ކޮށްފައެވެ.