އެމްއެންޑީއެފްއިން ލ.ކައްދޫގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
މިނިސްޓްރީ އޮފް ޑިފެންސުން މިއަދު ބުނީ އެމްއެންޑީއެފުން ކައްދޫ ޓްރޭނިންގ ސެންޓަރުގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.
އެ ގޮތުން މިރޭ 18:00 އިން 23:59 އަށް ތަމްރީންތައް ކުރިއަށްދާއިރު، ނޮވެންބަރު 03 ވަނަ ދުވަހުގެރޭ 00:00 އިން 04:30 އަށް، ނޮވެންބަރު 04 ވަނަ ދުވަހުގެ 03:00 އިން 06:00 އަށް ތަމްރީނުތަކެއް ކުރިއަށްދާނެއެވެ.
މިނީފްލޭއަރ، ޕެރަޝޫޓް ފްލޭއަރ ބޭނުންކުރާ މި ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެއެވެ.
ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 200 މީޓަރެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ ވެސް 200 މީޓަރެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީލެވެލްއެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން ކައްދޫ ފަޔަރިންގ ރޭންޖް އަދި ލ.ގާދުއެވެ.