ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކު ވެސް ނުހިންގާ ވަރަށް މި ވަގުތު އއ.މާޅޮހުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވައި އެ ރަށުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި އެ ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީޚުގައި ދުވަހަކު ވެސް ނުހިންގާ ވަރަށް މި ވަގުތު އެ ރަށުގައި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދާކަން ފާހަގަކޮށް ރައީސަށް ޝުކުރު އަދާކުރައްވާފައެވެ.
ބައްދަލުވުމުގައި ފާހަގަކުރެއްވި އިތުރު ކަންކަން:
ސިއްހީ ޚިދުމަތްތައް ތަރައްޤީކުރަން ބޭނުންވާކަން.
ޒަމާނީ މިސްކިތެއް ތަރައްޤީކުރުމަށް ބޭނުންވާކަން.
ލޯކަލް ޓޫރިޒަމް ކުރިއަށްގެންދަން ބޭނުންވާކަން.
ރަށުގެ އާންމު ރައްޔިތުން ބޭނުންކުރުމަށް ބީޗެއް ބޭނުންވާކަން.
ލޯކަލް ޓޫރިޒަމް ހިންގުމަށް ހުރި ގޮންޖެހުންތައް.
ކުނި މެނޭޖުކުރުމަށް މިހާރު ބޭނުންކުރާ ވެހިކަލް މައްސަލަ ޖެހުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތައް.
ރަށުގައި ފަންނީ ބޭފުޅުން ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، އެފަދަ ބޭފުޅުން ތަމްރީނުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައް.
އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ބަޖެޓުގެ ދަތިކަން.
އެ ކަންބޮޑުވުންތައް އަޑު އައްސަވައި ރައީސް ވަނީ އެ ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށެވެ.
maadeege dhigu thaareehugaves nuhingaavara mi 4 aharuga vakkankoffi kama habarutha bunanee adhulilu insaafu gellijje ithubaare ney vakkamaai Khiyaanaithetikan gadhunnettijje nayebafaye dharieh neygey hisaabah kantha badhalu vejje meetha thibuna tharagui