ޗާގޯސް މައްސަލައިގައި އަޑުއުފުލުމަށް މަގުމައްޗަށް ނުކުތުމަށް ޕީޕީއެމްއިން ނިންމައިފިއެވެ.
ޗާގޯސް މައްސަލައިގައި އދ. ގެ ޖެނެރަލް އެސެމްބްލީގައި މޮރިޝަސްއާ އެއްކޮޅަށް ވޯޓުލާން ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި ޕީޕީއެމްއިން މިއަދު ބުނީ އެ ޕާޓީގެ ޔޫތު ވިންގުގެ ފަރާތުން އެ މައްސަލައިގައި އަޑުއުފުލުމަށް މިރޭ ނުކުންނާނެ ކަމަށެވެ.
އެ ހަރަކާތް ކުރިއަށް ދާނީ ޕާޓީގެ އޮފީސް ހިމެނޭ ސަރަހައްދުގައި މިރޭ 20:30 ފެށިގެން ކަމަށެވެ.
ޕީޕީއެމްއިން ވަނީ އެ ހަރަކާތުގައި ބައިވެރިވުމަށް ރައްޔިތުންނަށް ގޮވައިލާފައެވެ.