ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

އެންމެ ބުއްދިވެރީ މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނެވުން- ޓޮމް

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
އޮކްޓޯބަރ 30, 2022
ޚަބަރު
0

އަދިވެސް އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސްއަށް ރައީސުލްޖުމުހުރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް މޮރިޝަސްއަށް ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނެވުންކަމަށް ރައްޔިތުން މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

ޓޮމް މިފަދައިން ވިދާޅުވީ ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ހައްގީ ދިވެހިންނަށްކަމަށް ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވާ ޚަބަރެއްގެ ސުރުޚީ ހިއްސާކުރައްވަމުން ކުރެއްވި ޓްވީޓެއްގައެވެ. ފޯޅަވަހީގައި ބަނޑަހަ ޖަހައިގެން މަސްވެރިކަންކޮށް އުޅުނީ ދިވެހިން ކަމަށާއި އެހެންކަމުން އެތަނުގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގީ ރާއްޖެއަށް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.

މިކަމަށް ރިއާޔަތްކޮށް ރާއްޖޭގެ ރައީސުލްޖުމުހުރިއްޔާއަށް ނިސްބަތް ކުރައްވާ ޓޮމް ކުރެއްވި ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވަނީ، އަދިވެސް އެންމެ ބުއްދިވެރިގޮތަކީ މޮރިޝަސްއަށް އެމަނިކުފާނު ފޮނުއްވި ސިޓީފުޅު އަނބުރާ ގެންނެވުންކަމަށާއި އަދި އެޓާނީ ޖެނެރަލް ރިފްއަތުއަށް ދަންނަވައިގެން ކޯޓްގައި ކުރިން ވިދާޅުވިބަސް އަނބުރާ ގެންނެވުމަށް ދެންނެވުންކަމަށެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ ޓްރައިބިއުނަލް (އިޓްލޮސް)އަށް ހުށަހަޅާފައިވާ ރާއްޖެއާއި ޗާގޮސްގެ ކަނޑުގެ ސަރަހައްދު ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން މީގެ ކުރިން އަބަދުވެސް ވޯޓު ދީފައިވަނީ އިނގިރޭސިވިލާތާ އެއްކޮޅަށެވެ.

އެގޮތުން އެ މައްސަލަ އިޓްލޮސްއަށް ފޮނުވަން 2017ގައި އދ.ގައި ނެގި ވޯޓުގައި ވެސް ރާއްޖޭން މޮރިޝަސްއާ ދެކޮޅު ހެދި އިރު، މޮރިޝަސްއާ އެއްކޮޅަށް އެ ކޯޓުން 2019 ގައި ކުރި ހުކުމް ބަލައިގަންނަން އދ.ގެ އާންމު މަޖިލީހުން ފާސްކުރި އިރު ވެސް ރާއްޖޭން ވޯޓު ދިނީ އެ ރަށްތައް އިނގިރޭސިވިލާތުގެ ތަނެއްގެ ގޮތުގައި ބާއްވާށެވެ.

އެކަމަކު ރާއްޖޭގެ އެ ސްޓޭންޑު ބަދަލުކޮށްފައިވާކަން ހާމަކޮށް، ބަންޑާރަ ނައިބު ރިފްއަތު ހާމަކުރެއްވީ، ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދު ބައިކޮށް ވަކިކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި މިހާރު ކުރިއަށްދާ މައްސަލައިގައި މި މަހުގެ 20 ވަނަ ދުވަހު ވާހަކަ ދައްކަވަމުންނެވެ.

ރިފްއަތު ވިދާޅުވީ މޮރިޝަސް އިން އދ އަށް ހުށަހަޅާފައިވާ މައްސަލާގައި އެގައުމާ އެއްކޮޅަށް ވޯޓު ދެއްވާނެ ކަމަށާއި އެކަން ކުރައްވާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހް، މޮރިޝަސްގެ ބޮޑުވަޒީރަށް ސިޓީފުޅެއް ވެސް ފޮނުވާފައިވާ ކަމަށެވެ.

މިފަދައިން އޭނާ ވިދާޅުވީ މުއައްރިޚެއް ކަމުގައިވާ ނަޖާޙު ދީދީ ކުރެއްވި ޓުވީޓެއް ހިއްސާކުރައްވަމުންނެވެ. ނަޖާހުގެ ޓުވީޓުގައި އޭނާ ވިދާޅުވެފައިވަނީ ކާފިރުވި ޙަސަން ރަސްގެފާނު 1561 ވަނަ އަހަރުގައި ޗާގޮސްއަކީ ރާއްޖޭގެ ބައެއް ކަމަށް ދައުވާކުރެއްވި ކަމަށެވެ.

އަދި ފަރަންސޭސިން ޗާގޮސްގެ މައްޗަށް ވެރިވީ 1700ގެ ތެރޭގައި ކަމަށާއި އިނގިރޭސިންނަށް އެ އަތޮޅު ލިބުނީ 1814 ވަނަ އަހަރުގައި ފަރަންސޭސި އެމްޕަރާ ނަޕޯލިއަން ބޮނަޕާޓް ހަނގުރާމައިން ބަލިވެވަޑައިގަތުމުން ކަމަށެވެ.

ޗާގޮސް މައްސަލައިގައި ސަރުކާރަށް ތާއިދުކުރާ މެންވަރުންނާއި އިދިކޮޅު މެމްބަރުންގެ އިތުރުން އާންމުންވެސް ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ސެޕްޓެމްބަރ 27, 2023
ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ސެޕްޓެމްބަރ 27, 2023
އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

ސެޕްޓެމްބަރ 26, 2023
ހަތަރު ކިލޯގެ ޑްރަގާއެކު ދެ ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލަ: 200,000 އަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިމެނޭ

ސެޕްޓެމްބަރ 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In