މިފްކޯގެ ”މަސްވެރިން އެޕް“ މިއަހަރުގެ މަސްވެރިންގެ ދުވަހު ރަސްމީކޮށް ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
މިއީ މިފްކޯއިން މަސްވެރިންނަށް ފޯރުކޮށްދޭ ޙިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ޒަމާނީ ކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ދަށުން ކުރެވިގެންދާ މަސައްކަތެއްކަމަށް އެކުންފުނިން މަޢުލޫމާތުދެއެވެ.
މި އެޕްލިކޭޝަންގެ އަޖުމަ ބެލުމުގެ މަރުހަލާ މިހާރު ކުރިއަށްދާއިރު، ”މަސްވެރިން އެޕް“ މެދުވެރިކޮށް މަސްވެރިންނަށް މިފްކޯއިން ދޭ ޚިދުމަތްތައް ފަސޭޙަކަމާއެކު ލިބިގެންދާނެ ކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
މިފްކޯއިން ހާމަކޮށްފައިވާ ގޮތުގައި މި އެޕްލިކޭޝަން ތައްޔާރުކުރެވިފައިވާކަމަށާއި، މިހާރު ކުރެވެމުން އަންނަ މަސައްކަތަކީ ދޯނި ފަހަރާއެކު ޓެސްޓިންގް މަރުހަލާގެ މަސައްކަތްތަކަމަށް ހާމަކޮށްފައިވެއެވެ. މި އެޕްލިކޭޝަނުން ވަރަށް ރަނގަޅު މައުލޫމާތުތަކެއް ލިބިގެންދާނެކަމަށާއި، އެގޮތުން އޮޑިވެރިޔާ ގޭގައި ހުންނައިރު، އޭނާގެ ދޯނިން މަސް ކިރައިފިއްޔާ ނޮޓިފިކޭޝަނެއް ދާނެކަމަށާއި ބިލް ފެންނުމުގެ އިތުރުން ދޯނީގެ އޮޑިވެރިޔާ އަދި ކެޔޮޅަށް މިފްކޯގެ ކެޕޭސިޓީ ހުރި ވަރުވެސް ބަލާލެވޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.
މިފްކޯއިން ތައާރަފްކުރާ އެޕްލިކޭޝަނުން ދޯނިން މަސް ކިރާފައި ހުރި މިންވަރުގެ ތަފާސް ހިސާބުތައްވެސް ބަލާލެވޭނެއެވެ. މިހާރުވެސް މިފްކޯއިން ދަނީ އެކުންފުންޏަށް ކިރާ މަހުގެ ފައިސާ އޮންލައިންކޮށް މަސްވެރިންނަށް ޖަމާކޮށްދެމުންނެވެ. އެގޮތުން ކޮންމެ ހަފްތާއެއްގައިވެސް އާދިއްތަ ދުވަހަކީ މިފްކޯއިން މަސްވެރިން އެކައުންޓުތަކަށް ފައިސާ ޖަމާކޮށްދޭ ދުވަހެވެ.
މިފްކޯއިން ދޭ ޙިދުމަތްތައް ޒަމާނީކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ގިނަ ކުރިއެރުންތަކެއް އަންނާނެކަމަށް އެކުންފުނިން ދެކެއެވެ. އަދި މިއީ މަސްވެރިންނަށްވެސް އޭގައި ލުއި ފަސޭހަތަކެއް ހުރި ކަމެއްގެ ގޮތުގައި އެކުންފުނިން ދެކެއެވެ.
ރިޔާސީ އިންތިހާބު ކާރިވާވަރަކައް ދޮގުހެދުމާ މީހުން ނައް އޮޅުވާލުމުގެ މަސައްކައް ދާނީ މެކުހައް ޖަހަމުން މިހާރު މުޅިންވެސް ތަރައްގީ އެކަމަކު ކުރާ ތަރައްގީ ލޮލަކައް ނުފެނޭ ރައްޔިތުން ހަނާވަނީ އަނގަޔާ އަތަކާ ދިމާނުވޭ އެކަމަކު ހަމަ ތަރައްގީ މުޅިން ވައްކަން