ބޮލީވުޑްގެ އިންޑަސްޓްރީގައި އުޅެވުނީ ވަރަށް ކަންކަމަށް ކެތް ކޮށްގެން ކަމަށް ބަތަލާ ރަވީނާ ތަންޑަން ހާމަކޮށްފިއެވެ.
އެގޮތުން އޭނާއަށް އަބަދުވެސް މީހުން ފާޑު ކިޔުން އަމާޒުވާ ކަމަށާއި އޭނާ ކަމެއް ނުކުރި ނަމަވެސް މީހުން އޭނާއަށް ނަފްރަތު ކުރާކަމަށެވެ. އިންޑަސްޓްރީގެ ގިނަ މީހުން ވެސް އޭނާ ރިޖެކްޓް ކުރި ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
އެކި ފިލްމުތައް އޭނާ އަށް ފުރުސަތު ދިނުމަށް ފަހުގައި ވެސް ބަތަލާ ބަދަލުކޮށްފައިވާ ކަން އޭނާ ވަނީ ފާހަގަ ކޮށްފައެވެ. އޭނާއަށް ދާއިރާއިން ކުރިއަށް ދެވެނީ އޭނާގެ އަމިއްލަ މަސައްކަތުން ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.
އޭނާގެ 30 އަހަރުގެ ފިލްމީ ޙަޔާތުގައި އޭނާއަށް އެތައް ބަޔަކު ދާއިރާގައި ހާލުގައި އުޅޭ ތަން ފެނިފައިވާ ކަމަށާއި ބައެއް މީހުން އަށް ވަރަށް ފަސޭހައިން ކުރިއަރާގެން ދާތަން ފެންނަ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.