ބަތަލް އާމިރު ޙާންގެ ލާލް ސިންގް ޗައްދާ ފެއިލް ވެފައި ވަނީ ބޮއިކޮޓް ކޮށްގެން ނޫން ކަމަށް ބަތަލާ ކަންގަނާ ރަނައުތު ހާމަކޮށްފިއެވެ.
މި ފަހުން އޭނާ ދީފައިވާ އިންޓަވިއުއެއްގައި ހާމަކޮށްފައިވާ ގޮތުގައި ފިލްމުތައް ފެއިލްވާން މެދުވެރިވާ ސަބަބަކީ 2 ކްރޯޑް އިން ވާން ހުންނަ ކަންތައް ވެސް 200 ކްރޯޑް އިން ކުރަން އުޅޭތީ ކަމަށެވެ.
އެގޮތުން އާމިރުގެ ފިލްމުގައި ވެސް ހަރުދައް ކުޑަކޮށް ކުރެވެން ހުރި ނަމަވެސް ބޮޑުކޮށް ކޮށްފައިވާ ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. ކަންގަނާ އަކީ އަބަދުވެސް އެހެން މީހުންއަށް ފާޑު ކިޔައި ފަންނާނެކެވެ.
ލާލް ސިންގް ޗައްދާ ބޮކްސް އޮފީހުގައި ފެއިލް ވި ނަމަވެސް ނެޓްފްލިކްސް އިން މި ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މި ފިލްމުގައި އާމިރުގެ އިތުރުން ކަރީނާ ވެސް ވަނީ ފެނިގެން ގޮސްފައެވެ.