ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ވިހާ ދުވަސް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
އާލިއާ އާއި ރަންބީރު ކައިވެނި ކޮށްފައި ވަނީ މި އަހަރު އޭޕްރީލް މަސްތެރޭގައެވެ. މި ދެފަންނާނުންއަށް އަލަތު ދަރިއަކު ލިބޭ ކަން ހާމަކޮށްފައިވަނީ ޖޫން މަސްތެރޭގައެވެ.
މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި އާލިއާ ވިހާނީ ނޮވެމްބަރ ގައި ކަމަށް އޭނާގެ ގާތް ރައްޓެއްސެއް ނަން ހާމަ ނުކުރަން އެދި ބުނެފައިވާ ކަމަށެވެ. އެގޮތުން އޭނާ ވިހާނެ ކަމަށް ބެލެވެނީ ނޮވެމްބަރު 20 އާއި 30 އާ ދެތެރޭގައެވެ.
އޭނާ ވިހާނީ މުމްބާއީގެ އެޗްއެން ރިލަޔަންސް ހޮސްޕިޓަލުގައެވެ. އޭނާ ވަނީ އެ ހޮސްޕިޓަލްގައި ވިހެއުމަށް އަމިއްލައަށް ހުރިހާ އެއްޗެއް ބުކްކޮށްފައެވެ.