ބޮލުން ހަން ފޮޅުމަކީ މިއަދު އަންހެނުން އާއި ފިރެހެނުން ވެސް ތަހައްމަލް ކުރަމުންދާ ކަމެކެވެ.
މި ކަމުގެ ސަބަބުން އިސްތަށިގަނޑު ހަލާކުވެ ބޮލުން އިސްތަށި ފޭބުން ފަދަ ކަންތައް ތަކާއި ކުރިމަތި ލާން ޖެހެއެވެ. މިކަމަށް ފަރުވާ ހޯދުމަށް އެތައް ހާސް ފައިސާއެއް ހަރަދުކުރާ މީހުން ވެސް ހުރެއެވެ.
ނަމަވެސް މި ކަމަކީ ވަރަށް ފަސޭހައިން ވެސް ހައްލު ކުރެވިދާނެ ކަމެކެވެ. އެގޮތުން ކާށި ތެލާއި ލުނބޯ އެއްކޮށްގެން ހަދާ ހޯމް ރެމެޑީ އަކީ އޭގެން އަވަސް ހައްލެއް ލިއްބާދޭ އެއްޗެއް ކަމަށް ގިނަ މީހުން ވަނީ ފާހަގަ ކޮށްފައެވެ.
އެގޮތުން ދެ މޭޒުމަތީ ސަމްސާ ކާށި ތެޔޮ ހޫނު ކޮށްލުމަށްފަހު ދެ މޭޒުމަތީ ސަމްސާ ލުނބޯ ހުތާ އެއްކޮށްލާށެވެ. އެއަށްފަހު އެއިން ބޯ މަސާޖު ކޮށްލާށެވެ. އަދި 20 ވަރަކަށް މިނެޓުވަންދެން ބަހައްޓާށެވެ. ވިހި މިނެޓު ވުމުން އިސްތަށިގަނޑު ރަނގަޅަށް ދޮވެލާށެވެ.