މާލޭ ސިޓީ ކައުންސިލުން 80 ގަހަށް އޯޑަރުކޮށްފައި ގަސްތައް ލިބުމުން ފައިސާ ނުދިންކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
”ޒުވާން ދަނޑުވެރިޔާ“ ގެ ނަމުގައި ހަދާފައިވާ ޓްވިޓާާ އެކައުންޓުން މިރޭ ކުރި ޓުވީޓެއްގައި ބުނީ މިިދިޔަ އޮގަސްޓު 23 ގައި މާލޭ ސިޓީ ކައުންސިލުގެ އޯޑަރަކަށް 80 ފޭރުގަސް ފޮނުވި ކަމަށާއި, އެ ގަސްތަކުގެ ފައިސާ ނުލިބިގެން ގުޅާތާ އެއް މަސް ފާއިތުވެއްޖެ ކަމަށެވެ.
”އަޅުގަނޑަށް ދޭންޖެހޭ ފައިސާ ވީ އެންމެ އަވަހަކަށް ދިނުމަށް އެދެން.“ މާލޭ ސިޓީ ކައުންސިލާއި މޭޔަރު ޑރ.މުޙައްމަދު މުޢިއްޒަށް ޓެގްކޮށް ކޮށްފައިވާ ޓުވީޓުގައިވެއެވެ.
މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލާއި މޭޔަރު ޑރ.މުޙައްމަދު މުޢިއްޒު އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.