ތިލަމާލެ ބުރިޖު އެޅުމުގެ މަސައްކަތް ކުރިއަށް ދަނިކޮށް ވިލިމާލޭ ފަރަށް އެރި އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމުން ފަރަށް ލިބުނު ގެއްލުންތައް އަދިވެސް ތަޙްޤީޤުކުރަމުންދާ ކަމަށާއި، ތަޙްޤީޤު ނިމުމުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ބުނެފިއެވެ.
ވިލިމާލޭ ފަރަށް ޕްލެޓްފޯމް އެރީ މިދިޔަ އޮގަސްޓު 16 ވަނަ ދުވަހުއެވެ.
ޕްލެޓްފޯމް އެރުމާ ގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބަލަން ކުރި ސާވޭ ނިންމުމަށްފަހު އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް އެފްކޮންސްއަށް ފުރުސަތު ދިނުމުން އެފްކޮންސްއިން ވަނީ އެ ސާވޭއާމެދު ހިތްހަމަނުޖެހޭ ކަމަށް ބުނެފައެވެ. އަދި އަމިއްލައަށް ސާވޭކުރަން އެފްކޮންސްއިން އެދުމުން އީޕީއޭގެ ރިޕޯޓަށް ޖަވާބުދާރީވުމަށް 07 ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް އެފްކޮންސްއަށް ދިން މުއްދަތު ވަނީ ހަމަވެފައެވެ.
އެ މުއްދަތު ވެސް ހަމަވެފައިވާތާ ގިނަ ދުވަސްވެފައިވާއިރު އެފްކޮންސް އަށް ފިޔަވަޅު ނޭޅި ލަސްވާތީ ސަރުކާރަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ
އީޕީއޭއިން މިއަދު ބުނީ މައްސަލައިގެ ތަޙްޤީޤުތައް ކުރަމުންދާ ކަމަށާއި، ތަޙްޤީޤު ނިމޭނީ ކޮން ދުވަހަކު ކަމެއް އަދި ނޭނގޭ ކަމަށާއި، އެހެންކަމުން ފިޔަވަޅު އެޅޭނެ ދުވަހެއް ބުނަން ވެސް ނޭނގޭ ކަމަށެވެ. ނަމަވެސް ޤާނޫނީ ގޮތުން އެފްކޮންސްއާމެދު ފިޔަވަޅު އަޅަން ފަސްނުޖެހޭނެކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.
India aai dhekolhah EPA ah kureveyne eh kamehves nohnaane. Mihaaruves thi ingeni kaleymennah kameh nukureveynekan. Ei mihaa dhuvas vaairuves emeehun edhani e meehun beynun ehcheh hadhamun. Keymennah kurevunutha ehves kameh. Thikahala holhi vahaka nudhakaa. Mi raajje. Mithaage gavaidhah ulhen jeheyni emeehun. Kaleymenhehnoon. Lagondin visnaa sarukaaruga vaani mihrn.