ރާއްޖޭގެ ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން އިލްތިމާސްކޮށްފިއެވެ.
މިރޭގެ މޫސުމާގުޅޭ މަޢުލޫމާތު ޢާންމުކޮށް މެޓު އޮފީހުން ބުނީ ރާއްޖޭގެ ދެކުނުގެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި, ނަމަވެސް އެހެން ހިސާބުތަކުގެ ކަނޑުތައް މަޑުވާނެ ކަމަށެވެ.
ދެކުނާއި މެދުރާއްޖެތެރޭގައި ރާޅުގެ އުސްމިން ހުންނާނީ ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދު ކަމަށާއި އުތުރުގައި ރާޅުގެ އުސްމިން ހުންނާނީ ދެ ފޫޓާއި ހަތަރު ފޫޓާ ދެމެދު ކަމަށް މެޓު އޮފީހުން ބުންޏެވެ.
މެޓް އޮފީހުން ވަނީ ގއ.އަތޮޅާއި ގދ.އަތޮޅަށް މިރޭ މެންދަމު 2:00 އާ ހަމައަށް ހުދު ސަމާލު ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް މެޓު އޮފީހުން ބުންޏެވެ.