ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ޙައްޤީ ދިވެހިންނަށް ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ފޯޅަވައްސާއި ގުޅިގެން ”ފޯއްޅަވަހި: ރާއްޖޭގެ ފަޅުރަށެއް“ މި ނަމުގައި ލިޔުއްވި ދިރާސީ ލިޔުމެއްގައި ވިދާޅުވެފައިވަނީ އިނގިރޭސި ދައުލަތުން ޗާގޯސް ރިޖްގެ ރަށްރަށުން ފައިބާ އިރެއްގައި ޑިއޭގޯ ގާސިއާއާއި އަދި އެހެން ބައެއް އަތޮޅުތައް މޮރިޝަސްގެ ސިޔާަދަތީ ބާރުގެ ދަަށަށް ފުރޮޅުނު ނަމަވެސް ފޯޅަވަހީގެ ސިޔާދަތީ ބާރުވެރިކަން ލިބުން އެންމެ ޙައްޤީ ދިވެހިންނަށް ކަމަށެވެ. އަދި މޮރިޝަސްއާއި އަބަދުވެސް ދެކެވުނު ވާހަކައަކީ ޗާގޮސް ރިޖްގެ ރަށްތައް ބަހާ ވާހަކައެއް ކަމަށެވެ.
ރައީސް ނަޝީދު ކުރިން ވިދާޅުވި ގޮތުގައި ފޯޅަވައްސަކީ ރާއްޖޭގެ ތަނެއް ނޫންކަމަށް ބުނެވޭނެ ޖާގައެއް ނެތެވެ.
ޗާގޯސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ޤައުމުން އދ. ގެ ޢާންމު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން މޮރިޝަސްއާ އެއްކޮޅަށް ވޯޓުދިނުމަށް ނިންމާފައިވާ މައްސަލަ ހޫނުވެ ދަނީ ބަހުސްކުރެވެމުންނެވެ.
ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް ގެއްލުމެއް ލިބޭފަދަ ނިންމުމެއް މި ސަރުކާރުން ނިންމާފައެއް ނޯންނާނެ ކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.