ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި ގދ.ހޯޑެއްދޫ ރަޝީދު (މާޓީ) ގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ނިންމައިފިއެވެ.
ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން އިންޑިއާއަށް ފޮނުވަން ނިންމާފައިވަނީ މި މަހުގެ 31 ގައެވެ.
ރަޝީދު ހައްޔަރުކުރީ ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މި މަހުގެ 25 ގައެވެ.
ފުލުހުން ބުނީ އެ ދުވަހު ރަޝީދު މެއަށް ތަދެއް އަރައިގެން މަޑަވެލީ ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާކަމަށް ޑޮކްޓަރު ބުނި ކަމަށެވެ.
ރަޝީދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހަދަން ފޮނުވަން ނިންމާާފައިވަނީ ޢާއިލާއާ ދެކޮޅަށެވެ. ޢާއިލާއިން އެދެނީ ހަށިގަނޑު ޢާއިލާއާ ހަވާލުކުރުމަށެވެ.