ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ހޯދެން އޮތީ ގުދުރަތްތެރިކަން ބޭނުންކޮށްގެންކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
“ކުރަމަތި ގައިޑް ޓު ޕްލާންޓްސް އިން މޯލްޑިވްސް“ ފޮތް ނެރުމަށް ކުރަމަތި ރިސޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި ނަޝީދު ވިދާޅުވީ ވަރަށް ގިނަ ފަހަރަށް ރަށްރަށުގެ ކައުންސިލަރުން ތަރައްގީގެ އެކިއެކި ވާހަކަތައް އެ މަނިކުފާނާ ދައްކަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ބަނދަރެއް އެޅުމާއި, އެއްގަމު ތޮށްޓެއްލުމާއި, ބޮޑު ހިލަ ބަނަދަރެއް އެޅުމާއި, ކޮންކްރީޓްގެ ބިނާތައް ރަށްތަކުގައި ހެދުމަކީ ތަރައްގީކަމަށް އެބަ ސިފަކުރެވޭ ކަމަށެވެ. އެހެން ނަމަވެސް ޙަޤީޤަތުގައި ދެމެހެއްޓެނިވި ގޮތުގައި ތަރައްގީ ހޯދެނީ ގުދުރަތީ ރޭވުމާއެކީ, ގުދުރަތީ އުފެދުމާ އެކީގާ މަސައްކަތް ކުރަމުން ގެންދިޔައިމާ ކަމަށެވެ.
ނަޝީދު ވަނީ ގުދުރަތްތެރިކަން އެއީ ޢުމްރާނީ ކަމެއްގެ ގޮތުގައި ސިފަކުރަން ފަށަން އެބަޖެހޭ ކަމަށާއި, ގުދުރަތްތެރިކަމާއެކީ ތަރައްގީ ގެންނާން އެބަޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.