ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު ޝާހިދު މިއަދު އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރުފުޅަކީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ކަމަށާއި މިދަތުރުފުޅުގައި އެގައުމުގެ އާ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަދި މިދަތުރުފުޅުގައި ”ފިއުޗާ އޮފް މަލްޓިލޭޓަރަލިޒަމް“ އާއި ބެހޭ ގޮތުން ތަގުރީރެއް ވެސް ދެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި އެގައުމުގެ ބޮޑުވަޒީރުގެ ހާއްސަ މަންދޫގައި ބައްދަލު ކުރައްވައި ޖިންސީ އަނިޔާތައް ހުއްޓުވުމަށް މަޝްވަރާ ކުރެއްވުމާއި މެދު އިރުމައްޗާއި ދެކުނު އޭޝިޔާއާއި އދ. ގެ ކަންކަމާބެހޭ މިނިސްޓަރ އޮފް ސްޓޭޓް ލޯޑް އަޙްމަދު އޮފް ވިމްބްލްޓަން، މިނިސްޓަރ ފޯ އޭޝިޔާ، އެނާޖީ ކްލައިމެޓް ޗޭންޖް އެންޑް އެންވަޔަރަމަންޓް ލޯޑް ގޯލްޑް ސްމިތާއި ހައުސް އޮފް ކޮމަންސް އަދި ހައުސް އޮފް ލޯޑްސްގެ މެންބަރުންނާއި ބައްދަލުކުރުމަށް ވަނީ ހަމަ ޖެހިފައިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މިވެރިން ރައްޔިތުންގެއެތިކޮޅުއަތުލާގެން އެގޮތަށްހަރަދުކޮންހުސްކުރަނީ