ބުދަ, ސެޕްޓެމްބަރ 27, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޑރ.ނާޒް އަދި މިޕްސްޓާ ކްލިނިކްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
އޮކްޓޯބަރ 29, 2022
ޚަބަރު
0
މާޒީ ހަނދާންވުމުން ސަހަރޯ ހިތަށް އަރާތީ ވޯޓުލުމުގައި ބައިވެރިވާން ބޭނުމެއް ނޫން: ޑރ.ނާޒް

ޑރ.ޢާއިޝަތު ޢަލީ ނާޒް | ފޮޓޯ: ރާއްޖެ އެމްވީ

ރާއްޖޭގައި ނަފުސާނީ ކަންކަމާއި އެއާ ގުޅުން ހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ ޑރ. އައިޝަތު އަލީ ނާޒްއާއި އޭނާގެ ކްލިނިކް މމިޕްސްޓާއިން ފަރުވާ ހޯދި ބައެއް މީހުން އޭނާގެ މައްޗަށް ވަރަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުވި ޕޯސްޓެއްގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި، ޑރ. ނާޒް އާއި އޭނާ ހިންގަވާ ނަފުސާނީ ފަރުވާދޭ ކްލިނިކް، މިޕްސްޓާއިން ފަރުވާ ހޯދި ބައެއް ކަސްޓަމަރުންނަށް ފަރުވާދިނުމުގައި ވަނީ ފަރުވާކުޑަކޮށްފައެވެ. އަދި ބަލި މީހުން ނުބައިކޮށް ޑައިގްނޯސްކުރުމާއި އެ ކްލިނިކުގައި ކަމުގެ ތަޖުރިބާ ނެތް މީހުން ހިމަނައިގެން މަސައްކަތް ކުރުވާ ކަމުގެ ތުހުމަތުތަކެއް ވެސް ކޮށްފައިވެ އެވެ.

އެ ކްލިނިކުގައި މަސައްކަތްކުރި ބައެއް މުވައްޒަފުންނަށް މުސާރަ ނުދީ ހުރި ކަމަށް ވެސް އެ ޕޯސްޓްގައި ބުނެފައިވެއެވެ. އަދި ފަރުވާ އަށް ގިނަ އަދަދެއްގެ ފައިސާ ނަގައި، ރަނގަޅަށް ފަރުވާ ނުދޭ ކަމުގެ ބޮޑެތި ތުހުމަތުތައް ވެސް ކޮށްފައިވެ އެވެ.

ނާޒް އަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި އެ ޕޯސްޓް ޖެހީ ޓީވީއެމްގައި ޕްރެޒެންޓަރެއްގެ ގޮތުގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށްފައިވާ ޝަމްރާ ޝަމީމް (ކުޑޫ) އެވެ. އެ ޕޯސްޓުގައި ކުޑޫ ބުނި ގޮތުގައި އޭނާ އަކީ ވެސް އަހަރުތަކެއް ކުރިން ނާޒް ގާތަށް ފަރުވާ ހޯދަން ދިޔަ މީހެއްކަމަށާއި، އޭނާއާއި މެދު ވެސް ނާޒް ކަންތައް ކުރެއްވީ ވަރަށް ގޯސްކޮށް ކަމަށް ބުނެފައިވެއެވެ.

ނާޒް ކަހަލަ މަޝްހޫރު ނަފުސާނީ ޑޮކްޓަރަކު އެގޮތަށް ބުނުމުން ރުގްޔާކުރާ މީހަކަށް ދައްކަން އޭނާގެ މައިންބަފައިން ވެސް ބޭނުންވުމުން، އެކަން ކުރި ކަމަށް ބުނެފައިވެއެވެ.

އޭނާ ބުނީ ރުގްޔާކުރާ މީހުން ބުނާ ގޮތަށް ދިރިއުޅުން ބަދަލުކުރަން މަސައްކަތް ކުރި ކަމަށެވެ. އަދި އެ ދިޔަ އަހަރުތަކުގައި ރުގިޔާކުރަން އޭނާގެ މައިންބަފައިންގެ އަތުން ވަރަށް ބޮޑު ހަރަދެއް ވެސް ކުރަން ޖެހުނު ކަމަށެވެ. އެކަމަކު އެ ހިސާބުން އޭނާގެ ހާލަތު މާ ބޮޑަށް ގޯސްވެ، އެންމެފަހުން ”އެކްސްޓްރީމް އެންޒައިޓީ“ އަށް ހުށަހެޅުނު ކަމަށެވެ. އޭގެ އަހަރުތަކެއް ފަހުން، ރަނގަޅު ތަނަކުން ނަފުސާނީ ފަރުވާ ހޯދުމުން އޭނާ ”ބައިޕޯލާ ޑިސްއޯޑާ“ އަށް ޑައިގްނޯސްވި ކަމަށް ވެސް ބުންޏެވެ.

”ޑރ. ނާޒް ކަންތައް ކުރެއްވި ގޮތުން އަސްލު އެހީ ހޯދަން މީހުންނަށް އިތުބާރުކުރަން ވަރަށް އުނދަގޫވި،“ ކުޑޫގެ ޕޯސްޓުގައި ބުންޏެވެ.

”ރަނގަޅަށް ޑައިގްނޯސްކޮށް އަދި ރަނގަޅު ފަރުވާ އަކީ ކޮބައިކަން، އޭރު ޑރ. ނާޒް އަޅުގަނޑުގެ މައިންބަފައިންނަށް ކިޔައިދެއްވި ނަމަ، އަޅުގަނޑު އެ ހާލުގައި އުޅެން ނުޖެހުނީސް. އެހެންވެ، އަޅުގަނޑު ގަބޫލުކުރަނީ ޑރ. ނާޒް އަކީ ފަރުވާކުޑަ، ޕްރޮފެޝަނަލް ކަމެއް ނެތް އަދި އެއްވެސް ވަރަކަށް އިތުބާރުނުކުރެވޭ މީހެކޭ،“ އޭނާ ބުންޏެވެ.

ކުޑޫ ބުނިގޮތުގައި ސޯޝަލް މީޑިއާގައި މި ވާހަކަދައްކަން ޖެހުނީ ނާޒްގެ ފަރާތުން ކުރަން ޖެހުނު ތަޖުރިބާ، ނާޒްގެ ޕޯސްޓެއްގައި އޭނާ ކޮމެންޓްކުރުމުން އެކަމަށް ނާޒް ދެކޮޅު ހަދައި، އޭނާގެ ކޮމެންޓް ޑިލިޓްކުރުމުން ކަމަށެވެ. އަދި ފަހުން ނާޒް، އޭނާގެ ޕޯސްޓް ވެސް ޑިލިޓްކޮށްލި ކަމަށް ބުންޏެވެ.

”ޑރ.ނާޒް ފަހުން އަޅުގަނޑު ބްލޮކް ކޮށްފައި އެ ޕޯސްޓް، ރީޕޯސްޓް ކުރި. އެހެންވެ، އަޅުގަނޑު އެ ވާހަކަ އަޅުގަނޑުގެ އިންސްޓަގްރާމްގައި ޝެއާކުރީ. އެހިސާބުން އެހެން ވަރަށް ގިނަ މީހުން ވެސް ނާޒް ކަންތައްކޮށްފައި ހުރި ގޮތުގެ ވާހަކަދައްކަން ފެށީ،“ ކުޑޫ ބުންޏެވެ.

ނާޒް ގާތުން ފަރުވާ ހޯދި އަދި އޭނާއާ އެކު މަސައްކަތް ކުރި ބައެއް މުވައްޒަފުން، އެ މީހުންނަށް ކުރެވުނު އުނދަގޫ ތަޖުރިބާތަކުގެ ވާހަކަތައް ލިޔެ، ކުޑޫ އަށް ފޮނުވާފައި ހުރި ބައެއް މެސެޖުތަކުގެ ސްކްރީންޝޮޓްތަކެއް ވެސް އެ ޕޯސްޓުގައި ހިއްސާކުރި އެވެ.

”މިޕްސްޓާގައި އަހަރެންގެ ބައެއް ރައްޓެހިން މަސައްކަތްކުރި. އަދި އެތަނުގައި މަސައްކަތްކުރޭ އަހަރެން ދަންނަ ބައެއް މީހުން ވެސް. އެ މީހުން ބުނީ ކޮންމެ މަހަކު މުސާރަ ދޭން ވެސް ޖެހެނީ އާދޭސްކުރާށޭ. އެ މީހުން (މިޕްސްޓާގެ މަސައްކަތަށް) ވަރަށް ގިނައިން ރަށްރަށަށް ދަތުރުކުރަން ވެސް ޖެހޭ. އެއިން ކޮންމެ ދަތުރަކުން ނާޒު ވަރަށް ގިނައިން ފައިސާ ވެސް ހޯދާ. އެކަމަކު އޭގެން ކުޑަކުޑަ އެއްޗެއް ސްޓާފުންނަށް ދެނީ،“ އެކަކު ބުންޏެވެ.
”އެ ކްލިނިކުގައި އަންކޮލިފައިޑް ސްޓާފުން އެސެސްމަންޓްސް ހަދައި، ރިޕޯޓްތައް ވެސް ލިޔޭ.“

އެހެން މީހަކު ބުނީ، 2004 ވަނަ އަހަރުގެ ސުނާމީ އަށް ފަހު، ނާޒު ގާތުން ޕީޓީއެސްޑީ އަށް ފަރުވާ ހޯދި މީހަކަށް އޭނާ ވަރަށް އިހާނެތިކޮށް ކަންތައް ކުރެއްވި ކަމަށެވެ.

”ޝީ ކޮންސަލްޓެޑް ޑރ. ނާޒް އަށް. އެ ދުވަހު ދައްކަން ގޮސް ވާހަކަދައްކަން އިނދެފައި ބުނެއްޖެ ތިމަންނަ ވަރަށް ބިޒީ ވެއްޖެޔޭ، ވީގޮތް ކިޔައިދޭށޭ. ކިޔައިދިނީމަ ބުންޏޯ މި ދަނީ އޭ، އެހެން ދުވަހަކުން އަންނާށޭ،“ އެ މެސެޖުގައި ބުންޏެވެ.

އޭގެ ފަހުން ތިން ދުވަހުގެ މަތިން ވެސް ނާޒް އަށް ދައްކަން ދިއުމުން އޭނާ ޚަބަރެއް ނުވި ކަމަށް ޕޯސްޓްގައި ވެއެވެ.

ސޯޝަލް މީޑިއާގައި ޑރ.ނާޒް އަދި މިޕްސްޓާއާއި ބެހޭ ގޮތުން މިފަދަ ވާހަކަތަކެއް ދެކެވެމުންދާއިރު، މމިކަމާއި ގުޅިގެން ނާޒްވެސް އަދި މިޕްސްޓާއިންވެސް އެއްވެސް ބަހެއް ބުނެފައިނުވާކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ފުރަތަމަ ބުރަށް ފަހު އެމްޑީޕީ ހަމަހިމޭންވީ ބަލި ގަބޫލުކޮށް- މައުރޫފް

ސެޕްޓެމްބަރ 27, 2023
ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ރައީސް ދޫކޮށް، އެމްޑީއޭ އިން މުއިއްޒަށް ތާއީދުކުރަން ނިންމައިފި

ސެޕްޓެމްބަރ 27, 2023
އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

އެއްވެސް މީހަކަށް އަނިޔާއެއް ދީފައި ނޯންނާނެ: މުޢިއްޒު

ސެޕްޓެމްބަރ 26, 2023
ހަތަރު ކިލޯގެ ޑްރަގާއެކު ދެ ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް ފައިސާ ފޭރުނު މައްސަލަ: 200,000 އަށްވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިމެނޭ

ސެޕްޓެމްބަރ 26, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ދިހަވަނަ ބައި)

    0 shares
    Share 0 Tweet 0
  • ޑެންގޫ ޖެހިގެން އެއް އާއިލާގެ ދެ ބޭފުޅަކު މިއަދު ނިޔާވެއްޖެ

    0 shares
    Share 0 Tweet 0
  • ރައީސް ޞާލިޙަށް ދެން މޮޅުނުވެވޭނެކަން ގަބޫލުކުރެއްވުން އެއީ ގައުމަށް ވަރަށް ބޭނުންތެރިކަމެއް: ނަޝީދު

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In