ހޯމަ, އޮކްޓޯބަރ 2, 2023
DhiDaily
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG
No Result
View All Result
DhiDaily
No Result
View All Result

ޗާގޮސް މައްސަލައިގައި ޞައްހަ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާ ކުރުމަށް އެމް.އާރް.އެމް އިން ސަރުކާރަށް ގޮވާލައިފި

އަޒްފާ ރަޝީދު ލިޔުނީ: އަޒްފާ ރަޝީދު
އޮކްޓޯބަރ 29, 2022
ޚަބަރު
0
ކޮވިޑް 19 އަށް ދިން ލުއިތަކަށް ބަދަލުގެނެސް ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭ – އެމް.އާރު.އެމް

.ޗާގޮސްގެ މައްސަލައަކީ ދިވެހި މަސްވެރިންގެ މަސްލަހަތު އިންތިހާއަށް އޮތް މައްސަލައަކަށްވާތީ އެ މައްސަލާގައި ސަރުކާރުގެ ނިންމުމުގެ ޞައްހަ މަޢުލޫމާތު ރައްޔިތުންނާއި ޙިއްސާ ކުރުމަށް އެމް.އާރް.އެމް އިން ސަރުކާރަށް ގޮވާލައްވައިފިއެވެ.

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރް.އެމް)އިން މިގޮތަށް ގޮވާލާފައިވަނީ އެ ޕާޓީއިން ނެރެފައިވާ ބަޔާނެއްގައެވެ. މިބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގެ އިޤްތިޞަދީ ސަރަހައްދާ ގުޅިގެން ސަރުކާރުން ސިޔާސަތު ބަދަލުކޮށްފައިވާ ކަމަށް ބުނެ، އެކަމުގައި މަޝްވަރާ ނުކުރާތީ އެކަމާއި މެދު އެޕާޓީއިން ކަންބޮޑުވާކަމަށް ބުނެފައިވެއެވެ. ސަރުކާރު ކޯލިޝަނުގައި ވެސް ހިމެނޭ އެމް.އާރް.އެމްއިން ހާމަކޮށްފައިވާ ގޮތުގައި މި މައްސަލަ މަޖިލީހަށް ހުށަހަޅައި އެކަމުގައި މަޖިލީހުގެ ބަހެއް ހޯދާފައިނުވާތީ އެކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އިންޓަނޭޝަނަލް ޓްރައިބިއުލަން ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި މިހާރު ކުރިއަށް ގެންދާ އަޑުއެހުންތަކުގައި ޗާގޮސްގެ ރަށްތައް އިނގިރޭސި ވިލާތުން މޮރިޝަސްއާ ހަވާލުކުރަން އދ. އިން ނިންމި ނިންމުމަށް ރާއްޖެއިން ވޯޓު ދޭނެ ކަމަށް ހާމަކުރުމާ އެކު، އިމުގެ މައްސަލާގައި ރާއްޖެއިން ސިޔާސަތު ބަދަލުކޮށް މޮރިޝަސް އަށް ރާއްޖެއިން ބައެއް ދޫކޮށްލަން ނިންމި ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

އެކަމަކު ރާއްޖޭގެ ސްޓޭންޑް ބަދަލުނުވާ ކަމަށާއި މިއީ މުޅިން ތަފާތު ދެ މައްސަލައެއް ކަމަށް ސަރުކާރުން ބުނެފައިވަނިކޮށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އެމް.އާރު.އެމުން ނެރުނު ބަޔާނުގައި ބުނީ ރާއްޖެ އިސްލާމީ ގައުމެއްގެ ގޮތުގައި ދެމެހެއްޓުމަށާއި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، އެކަންކަމަށް ބޭރުގެ އެއްވެސް ނުފޫޒެއް ނުފޯރާނެ ގޮތަށް ދިވެހިންގެ ބާރުގެ ދަށުގައި ރާއްޖެ ދެމެހެއްޓުމަކީ އެ ޕާޓީގެ އެއް މަޤްޞަދުކަމަށެވެ.

އެއިން އެއްވެސް ކަމަކަށް އުނިކަން އަންނާނެ އެއްވެސް ކަމަކަށް އެ ޕާޓީން ތާއީދުނުކުރާނެ ކަމަށް ބަޔާނުގައިވެ އެވެ.

އެމް.އާރު.އެމުން ބުނީ ރާއްޖެއަކީ ގައުމުތައް އަޅުވެތިކުރުމާ ދެކޮޅަށް އަބަދުވެސް ވޯޓު ދެމުން އައި ގައުމެއް ކަމަށާއި، އެ ސިޔާސަތަކީ ހަމައެކަނި މި ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އެހެންވެ މޮރިޝަސް އިން ބޭނުންވާ ގޮތަށް ޗާގޮސްއަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ހެދުމަށް ރާއްޖެއިން ދެކޮޅު ހަދަމުންދިޔަ ސަބަބަކީ އިނގިރޭސިވިލާތުގެ އަތްދަށުން މޮރިޝަސް މިނިވަންވިއިރު، ޗާގޮސް އަކީ މޮރިޝަސްގެ ބަޔަކަށްނުވާތީ އާއި އެތަން މޮރިޝަސްގެ ދަށަށް ހިނގައްޖެ ނަމަ، ރާއްޖޭގެ އިޤްތިޞާދީ ސަރަހައްދު ކުޑަވެ، އިޤްތިޞާދުން ރާއްޖެއަށް ލިބިގެންވާ ގުދުރަތީ ވަސީލަތްތަކަށް ވެސް އުނިކަން ލިބޭނެތީ ކަމަށެވެ.

އެ ޕާޓީން ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ބޭސްލައިނުން ފެށިގެން 200 މޭލުގެ ސަރަހައްދެއް ހާއްސަ އިޤްތިޞާދީ ސަރަހައްދުގެ ގޮތުގައި ލިބިފައިވާއިރު އެ ސަރަހައްދަށް އުނިކަމެއް އަންނަ ގޮތަށް މީގެ ކުރިން ދައުލަތުން އެއްވެސް އެއްބަސްވުމެއް ހަދާފައިނުވާ ކަމަށެވެ.

”އެކަން އެގޮތަށް އޮތްއިރު 2019 ގައި މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތުމާ އެކު ދެކޮޅަށް ވޯޓު ދިނުމަށް ފަހު، އެ ސިޔާސަތު ބަދަލުވި ސަބަބު ހާމަވެފައިނެތުމުން އޭގެ އަޑީގައި ކަންތައްތަކެއް ވާނެ ކަމަށް ރައްޔިތުން ދެކޭތީ، ކަންހިނގާދިޔަ ގޮތް ހާމަކުރުން މުހިއްމުކަމަށް އެމްއާރުއެމުން ދެކެމެވެ،“ ބަޔާނުގައިވެ އެވެ.

ޗާގޮސް އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނަ ތަނެއް ކަމަށް އައިސީޖޭ އިން އދ. އަށް ލަފާ ދިނުމަށް ފަހު 2019 ގައި އދ. ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރާ ދެކޮޅަށް ވޯޓުދީފައި މިހާރު ކުއްލިއަކަށް ސިޔާސަތު ބަދަލުކުރަން ނިންމީ އެ ޕާޓީއަށް ވެސް އެއްވެސް މައުލޫމާތު ސަރުކާރުން ހިއްސާ ނުކޮށް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ޗާގޯސް މައްސަލާގައި ސަރުކާރުގެ ސިޔާސަތު ކުއްލިއަކަށް ބަދަލުވީ ކަމަށް ބުނެ އެކަން ކުށްވެރިކޮށް އަދި އެކަން ސާފުކުރުމަށް ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް، މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި މިދިޔަ ހަފްތާގައި ވަނީ އެކަމުގައި ބަހުސްކޮށްފަ އެވެ.

އެބަހުސްގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭ ގޮތަށް އެޕާޓީއަށް ނިސްބަތްވާ ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ އެ ސްޓޭންޑް ބަދަލުނުކުރާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

މާލެ ތަރައްޤީ ކުރީ އެހެން ހުރިހާ އަތޮޅުތަކެއްގެ މީހުންގެ ޚަރަދުގައި: އާޒިމާ

ވެރިކަން ބަދަލުވުމާ ދޭތެރޭ ދުސްތޫރީ އޮނިގަނޑު ބަދަލު ކުރުމުގެ ބާރު އެއްވެސް ފަރާތަކަށް ލިބިގެނެއް ނުވޭ: އާޒިމާ

އޮކްޓޯބަރ 2, 2023
ކައުންސިލް އިންތިޚާބު ބާއްވާތާ 01 މަސް ފަހުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިޚާބު ބާއްވަން ފާސްކޮށްފި

ނިޒާމީ ވޯޓާމެދު ގޮތް ނިންމުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަނީ

އޮކްޓޯބަރ 2, 2023
”ޕްރައިމަރީ އިންތިޚާބަކީ އިންސާފުވެރި އިންތިޚާބަކަށްވާނެ“

ނަޝީދު އެމްޑީޕީއަށް ގެންނަން އެންމެން ތާއީދު ކުރިޔަސް އަޅުގަނޑު ނުކުރާނަން: އިބުރޭ

އޮކްޓޯބަރ 2, 2023
13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

13 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފަށައިފި

އޮކްޓޯބަރ 2, 2023

Leave a Reply Cancel reply

ކިޔުންތެރިންގެ ހިޔާލު

ADVERTISEMENT

މަގުބޫލް ލިޔުންތައް

  • ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    ތައިރޮއިޑް މައްސަލަ ހުންނަ ނަމަ ކާންވީ މިތަކެތި

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (ބާރަވަނަ ބައި)

    0 shares
    Share 0 Tweet 0
  • އައިޝްވާރިޔާ ދަރިފުޅުގެ ރަހުމަތްތެރިން ބައްދަލުކުރަން އެޕޮއިންޓްމެންޓް ހަދަންޖެހޭ

    0 shares
    Share 0 Tweet 0
  • ވާހަކަ: ޔާރު ތިޔެ މިހިތުގެ ޝިފާ… (އެގާރަވަނަ ބައި)

    0 shares
    Share 0 Tweet 0

DhiDaily©2020

No Result
View All Result
  • ފުރަތަމަ ސަފުހާ
  • ޚަބަރު
  • ރިޕޯޓް
  • ދުނިޔެ
  • ދީން
  • ވިޔަފާރި
  • ކުޅިވަރު
  • ވާހަކަ
  • މުނިފޫހިފިލުވުން
  • ތަފާތް
  • ގެލެރީ
  • ENG

DhiDaily©2020

Login to your account below

Forgotten Password?

Fill the forms bellow to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In