ކިޑްނީގައި ހިލަ އުފެދެނީ ހަށިގަނޑުގައި ހުންނަ ބޭކާރު ފެން ހީހަށް ބަދަލުވުމުގެ މަރުހަލާގައި ހަރު އެތިކޮޅުތަކަކަށް ބަދަލުވެގެންނެވެ. ކިޑްނީގައި މިގޮތަށް އުފެދޭ ގިނަ ހިލަ އަކީ ވަރަށް ކުދި ހިލަތަކެކެވެ.
އާންމުކޮށް ކިޑްނީގައި ހިލަ އުފެދެނީ އުމުރުން 30 އަހަރާއި 60 އަހަރާއި ދެމެދުގެ އުމުރު ފުރާގެ މީހުންގެ އެވެ. އެއް ފަހަރުވެސް ކިޑްނީގައި ހިލައެއް އުފެދިއްޖެ ނަމަ 10 އަހަރު ތެރޭގައި އިތުރު ހިލައެއް އުފެދުމުގެ ފުރުސަތު 50 ޕަސެންޓް އޮންނާނެ ކަމަށް ޑޮކްޓަރުން ބުނެ އެވެ
ގިނައިން ފެން ނުބޯނަމަ ހަށިގަނޑަށް ވަރަށް ނުރައްކާ ބޮޑުވާނެ އެވެ. ކިޑްނީ އާއި ފެނާއި ގުޅިފައިވާ މިންވަރަށް ބަލާއިރު ފެން ބޭނުންވާ ވަރަށް ހަށިގަނޑަށް ނުލިބުމުން ހީހުގެ ގޮތުގައި ހަށިގަނޑުން ބޭރުންވާން ހުންނަ ފެންމަދުވެ ހިލައަށް ބަދަލުވެ އެވެ.
ކިޑްނީގައި ހިލަ އުފެދުމަށް މަގުފަހިވާ އެއްޗެހީގެ ތެރޭގައި ކެލްސިއަމް ހިމެނޭ ކާއެއްޗެހި ކެއުން ހިމެނެ އެވެ. ކެލްސިއަމް ހިމެނޭ ކާއެއްޗެހީގެ ތެރޭގައި ބައެއް ފެހި ފަތާއި މަހުގެ ބާވަތްތަކާއި ޔޯގަޓް ހިމެނެ އެވެ.
ލޮނު މަދުން ބޭނުން ކުރުމުން ނުވަތަ ކާއެއްޗެހީގަ ލޮނުރަހަ މަޑުވުމުން ހީހުގެ ގޮތުގައި ހަށިގަނޑުން ބޭރުވާ ފެނުގައި ހުންނަ ކެލްސިއަމް މަދުވެ އެވެ. އަދި ހިލަ އުފެދުމުގެ ފުރުސަތު ކުޑަވާނެ އެވެ.