ބޮލީވުޑްގެ ބަތަލާ ދީޕިކާ ޕަޑުކޯން އާއި ބަތަލް ރިތިކް ރޯޝަން ފެނިގެންދާ ފުރަތަމަ ފިލްމު ”ފައިޓާ“ 2024 އަށް ލަސްކޮށްފިއެވެ.
އެގޮތުން މި ފިލްމުގެ ފުރަތަމަ ޕޯސްޓަރު ވަނީ ރިތިކްގެ އިންސްޓަރ ގްރާމް އެކައުންޓް މެދުވެރިކޮށް ވަނީ ހިއްސާ ކޮށްފައެވެ. އަދި 2024 ގެ ޖެނުއަރީ 25 ގައި ސިނަމާ ތަކަށް ނެރޭނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
މި ފިލްމު އެންމެ ފުރަތަމަ ނެރެން ހަމަޖެހިފައިވަނީ މި އަހަރުގައެވެ. އެގޮތުން މި އަހަރު ސެޕްޓެމްބަރ ގައި ނެރެން ހަމަ ޖެހުން މި ފިލްމު 2023 އަށް ލަސްކުރުމަށް ފަހުގައި މި ވަނީ 2024 އަށް ލަސްކޮށްފައެވެ.
މި ފިލްމަކީ ސިދާތު އާނަންދު ޑައިރެކްޓް ކުރާ ފިލްމެކެވެ. މި ފިލްމަކީ ދީޕިކާ އާއި ރިތިކްގެ ފުރަތަމަ ފިލްމު ކަމުން މި ދެމީހުންގެ ކެމިސްޓްރީ ބަލާލަން އާއްމުން ކެތްމަދުވެފައިވާ ކަމަށް ވެސް ދަނީ ހާމަކުރަމުންނެވެ.