ޗައިނާ އިން އަލަށް ކައިވެނި ކުރާ މީހުން ދަރިން ހޯދަން ގަސްތު ކުރާ ތާރީހެއް ހާމަ ކުރަން ޖެހޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސްފައިވާ ކަމަށް ހާމަކޮށްފިއެވެ.
އެގޮތުން މިގޮތަށް ނިންމާފައި ވަނީ ބަލިވެ އިނދެ ކައިވެނި ކުރާ މީހުން ގިނަ ވަމުން ދާތީ ކަމަށް ވެސް މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ. އެގޮތުން އަލަށް ކައިވެނި ކުރާ މީހުން ދަރިން ހޯދަން ޗައިނާ ސަރުކާރުން ބޭނުން ވަނީ 1 އަހަރު ފަހުން ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އެހެން ކަމުން އަލަށް ކައިވެނި ކުރާ ފަރާތް ތައް ބަލިވެ އިންތޯ އާއި ދަރިއަކު ހޯދާ އިރަކާއި ބެހޭގޮތުން މީގެ ފަހުން ސުވާލު ކުރާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އެގޮތުން އަލަށް ކައިވެނި ކުރާ ފަރާތް ތަކަށް ކޮންމެ ހަތަރު މަހަކުން ސަރުކާރުން 1 އަހަރު ވަންދެން ފޯނުކޮށް ސުވާލު ކުރަމުން ގެންދާނެ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.