ބޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރ ޖަގަން ޝަކްތީގެ ކުރިއަށް އޮތް ފިލްމަށް ޓައިގާ ޝްރޮފް ސޮއިކޮށްފި ކަމަށް މީޑިއާ ތަކުން ހާމަކޮށްފިއެވެ.
އެގޮތުން ވަކި ނަމެއް އަދި ހަމަ ނުޖައްސާ މި ފިލްމު ޕްރޮޑިއުސް ކުރަނީ ވާޝޫ ބަގްނާނީ އާއި އޭނާގެ ދަރިފުޅު ޖެކީގެ ޕޫޖާ އެންޓަޓައިންމެންޓުން ކަމަށެވެ. މި ފިލްމުގެ ބަތަލާއެއް އަދި ހާމައެއް ނުކުރެއެވެ.
މީޑިއާ ތަކުން ހާމަކޮށްފައިވާ ގޮތުގައި މި ފިލްމަކީ ބޮޑު ބަޖެޓަކާއި އެކު އުފައްދާ ފިލްމެއް ކަމަށާއި މި ފިލްމު ޝޫޓު ކުރަން ނިންމާފައިވަނީ އިންޑިއާގެ އިތުރުން ޔޫރަޕްގެ އެކި ގައުމު ތަކުގައި ކަމަށެވެ.
މި ފިލްމަކީ ޕޫޖާ އެންޓަޓައިންމެންޓުން ޓައިގާއަށް ލިބިފައިވާ 2 ވަނަ ފިލްމެވެ. އެގޮތުން އޭނާ ދަނީ “ ގަނަފަތު“ ގެ ޝޫޓިން ވެސް ކުރިއަށް ގެންދަމުންއެވެ.
ޓައިގާ އެންމެ ފަހުން ބެލުންތެރިންއަށް ފެނިގެން ގޮސްފައިވަނީ ”ހީރޯޕަންތީ 2“ އިންނެވެ.