މޫސުމާބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ދެކުނުގެ ބައެއް އަތޮޅުތަކަށް ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ، ލ.އަތޮޅުގެ ސަރަހައްދުތަކުން ފެށިގެން އައްޑޫ ސިޓީގެ ސަރަހައްދުތަކަށެވެ.
ސަމާލު ނެރެފައިވަނީ މިރޭ 22:15 އިން ފެށިގެން މެންދަމު 02:00 އާއި ހަމައަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރި ގޮތުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށެވެ.