ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ ސީއީއޯގެ މަގާމަށް ސ.މަރަދޫފޭދޫ، އެވަރެސްޓް ޢިމާދު ޞާލިޙް އައްޔަންކޮށްފިއެވެ.
ޢިމާދު މި މަގާމަށް އައްޔަންކުރީ މިއަދުއެވެ. އޭނާ މި މަގާމަށް އައްޔަންކޮށްފައި މިވަނީ 2021 ވަނަ އަހަރުގެ ޖަނަވަރީ 18 ވަނަ ދުވަހު އެ މަގާމުގައި ހުންނެވި ސީއީއޯ މަގާމުން ވަކިކޮށްފައިވާތާ ގިނަ ދުވަސްތަކެއް ވަންދެން އެ މަގާމު ހުސްކޮށް އޮތުމަށްފަހުގައެވެ.
އެންޑީއޭއިން ބުނީ ޢިމާދު މަގާމުގެ މަސްއޫލިއްޔަތާއި ހަވާލުވެވަޑައިގަންނަވާނީ ނޮވެމްބަރު 01 ވަނަ ދުވަހު ކަމަށެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިިނިސްޓަރުކަމާއި ރައްޔިތުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ޢިމާދަކީ މާސްޓާ އޮފް ޝަރީޢާ އެންޑް ލޯ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.