ރާއްޖޭގައި ރަސްކަން ކުރެއްވި 4 ރަސްކަލަކާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ 4 ފޮތަކަށް ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނުކޮށްފި އެވެ.
ދިވެހި ބަހުގެ އެކެޑަމީން ބުނީ އެ އެކެޑަމީގެ ފަރާތުން ޕްރީސްކޫލުގެ ދަރިވަރުންނަށާއި، ކީ ސްޓޭޖް 1 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ތައްޔާރުކުރާ 4 ފޮތަކަށް ކުރެހުން ތައްޔާރުކުރުމަށް ބޭނުންވާ ކަމަށެވެ.
އެ ފޮތްތައް ބިނާކޮށްފައިވަނީ 4 ރަސްކަލަކާ ބެހޭގޮތުން ކަމަށާއި، އެއީ ދަރުމަވަންތަ ރަސްގެފާނާއި، ޢަލީ ރަސްގެފާނާއި، މުޙައްމަދު ތަކުރުފާނާއި، ދޮންބަންޑާރައިން މި 4 ރަސްކަލުންކަމަށް އެކެޑަމީން ބުންޏެވެ.
އެހެންކަމުން މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވާ ބުދަ ދުވަހުގެ 13:30 ގެ ކުރިން އެކެޑަމީއަށް ފޯމު ހުށަހެޅުމަށް ވަނީ އެދިފައެވެ. މި މަސައްކަތަށްއެދި ހުށައަޅާ ފޯމު އެކެޑަމީން ލިބޭނެއެވެ.