ބޮލީވުޑްގެ ބަތަލް ސައިފް އަލީ ޙާން ސޯޝަލް މީޑިއާގައި ނޫޅެނީ އޭނާގެ އަމިއްލަ ނަމުގައި އެކައުންޓެއް ނުހުޅުވޭތީ ކަމަށް އޭނާ ހާމަކޮށްފިއެވެ.
އެގޮތުން ކަޕިލް ޝަރުމާގެ ކޮމެޑީ ޝޯ ގައި ވާހަކަ ދައްކަމުން ސައިފް ހާމަކޮށްފައިވާ ގޮތުގައި އޭނާގެ އަމިއްލަ އެކައުންޓެއް ހުޅުވަން އޭނާ ވަރަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އޭނާގެ އަމިއްލަ ނަމުގައި އޭނާ އަށް އައިޑީ އެއް ނުހުޅުވުން ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.
އެގޮތުން އޭނާގެ އަމިއްލަ ނަމާއި ފޮޓޯ ބޭނުން ކޮށްގެން އެހެން މީހުން އައިޑީ ހުޅުވާއިން އުޅޭ ކަމަށާއި އޭނާގެ ނަމުގައި ނުހުޅުވޭ ނަމަ އޭނާ ސޯޝަލް މީޑިއާއަށް ވަންނަން ބޭނުން ނުވާ ކަމަށް ވެސް އޭނާ ވަނީ ހާާމަކޮށްފައެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގައި އުޅުމުން އެކި ކަހަަލަ ގޮން ޖެހުން ތަކާއި ކުރިމަތި ލާން ޖެހޭ ކަމަށާއި އެހެން ކަމުން އޭނާ ސޯޝަލް މީޑިއާގައި އުޅެން ގަސްދެއް ނުކުރާ ކަމަށް ވެސް އޭނާ ވަނީ ހާމަކޮށްފައެވެ.