ޓްވިޓާ އެޕުން މީހުން ޓެގް ނުކުރޭ ފީޗާއެއް އުފައްދަމުން އަންނަކަމަށް ޓުވިޓާ އެޕްލިކޭޝަންއިން ހާމަކޮށްފިއެވެ.
ޓްވިޓާ އެޕްގެ ރިސަރޗާ އަދި އިންޖީނިއާ ޖޭން މަންޗުން ވޮންގް އޭނާގެ ޓްވިޓާގައި ހާމަކޮށްފައިވާ ގޮތުގައި، ޓްވިޓާއިން މިހާރު އަންނަނީ ”ޑޯންޓް އެޓް މީ“ ފީޗާ ހެދުމުގެ މަސައްކަތްތައް ކުރަމުން ކަމަށް ހާމަކޮށްފައިވެއެވެ.
މި ފީޗާގެ އެހީގައި ޓްވިޓާ ބޭނުންކުރާ ފަރާތްތަތަކަށް އެމީހުންގެ ޔޫސާ ޓެގް ކުރާ މީހުން ކޮންޓްރޯލްކުރުމުގެ ބާރު ލިބިގެންދާނެއެވެ. މި ފީޗާ ބޭނުންކޮށްގެން އެއްވެސް އިތުރު ޔޫސާއަކަށް ޓްވިޓާ ޔޫސަރަކު ޓެގް ނުކުރެވޭނެ ގޮތް ހެދުމާއި، ޓެގް ކުރާ މީހުން ކޮންޓްރޯލްކުރުމުގެ ބާރު ޔޫސާއަށް ލިބިގެންދާނެއެވެ.
މިހާތަނަށް ޓުވިޓާއިން އިޖާދުކޮށްފައިވާ ފީޗާތަކަށް ބަލާއިރު، ޔުސާސް ބްލޮކް ކުރުމާއި ޓްވީޓަށް ރިޕްލައި ދޭ މީހުން ކޮންޓްރޯލްކުރުމުގެ އިތުރުން ފޮލޯ ކުރާ މީހުން ކޮންޓްރޯލް ކުރުމުގެ ބާރު ހިމެނެއެވެ.
ޓުވިޓާއިން ހާމަކޮށްފައިވާ ގޮތުގައި މިފީޗާގެ އެންމެ މުޙިއްމު ބޭނުމަކީ ޓްވިޓާ ޔޫސަރުންނަށް ހިމާޔަތްދިނުމެވެ.
ފަހަކަށް އައިސް ޓުވިޓާގައިވެސް މީހުން ޓެގްކޮށް، މީހުންނަށް ފުރައްސާރަކުރުން ވަނީ އާންމުވެގެން ގޮސްފައިވާކަން ޓުވިޓާއިން ފާހަގަކޮށްފައިވެއެވެ.