ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް ޔާމިން ދ.ކުޑަހުވަދޫ އަށް ވަޑައިގެންފި އެވެ.
މި ދަތުރުފުޅަކީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓުކަން އެ ޕާޓީން އެމަނިކުފާނަށް އެރުވި ފަހުން އަތޮޅު ތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
މިރޭ އެރަށުގައި އޮންނަ ޕީޕީއެމްގެ ޖަލްސާގައި ވެސް އެމަނިކުފާނު ވާހަކަދައްކަވަން ވަނީ ހަމަޖެހިފައެވެ. އަދި މިއަދު ހަވީރު އެމަނިކުފާނު ވަނީ އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.
އެ ރަށަށް ރައީސް ޔާމީން ވަޑައިގެންނެވިއިރު އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އެރަށުގެ ގިނަ ބަޔަކު ވަނީ ޖަމާވެފަ އެވެ.