ދުނިޔެއަށް ކުރިމަތިވާ ބޮޑެތި މުސީބާތްތައް ނެތިކުރެއްވުމުގެ ބާރު ލިބިގެންވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަމަށާއި މުސީބާތްތަކާއި ވަބާތަކުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މި އަހަރުގެ ޙައްޖު ޙުތުބާގައި އެދިއްޖެއެވެ.
ކޮވިޑް-19ގެ ސަބަބުން މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުޞަތު ދީފައި ވަނީ ސައުދީ އަރަބިއްޔާގައި ދިރިއުޅޭ ފަރާތްތަކަށެވެ. މީގެ ކުރީ އަހަރުތަކުގައި އެތައް މިލިއަން މުސްލިމުން ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާ އަށް ޖަމާވި ނަމަވެސް މިފަހަރު ގާތްގަނޑަކަށް ހާހެއްހާ މީހުން ޙައްޖުވިއެވެ.
ޙައޖުގެ ޙުތުބާގައި ދުނިޔެ އަށް މުސީބާތްތަކާއި ކާރިސާތައް ކުރިމަތިވަނީ އިންސާނުން އިމްތިޙާން ކުރުމަށެވެ. އަދި މާތް ﷲ އަށް ތަގްވާވެރިވެއްޖެ ނަމަ މުސީބާތްތަކުން އިންސާނުން ރައްކާތެރިކޮށް ދޭނެ ކަމަށް ޙައްޖު ޙުތުބާގައިވެއެވެ. ތަގްވާވެރިވުމުގެ އެންމެ މަތީ ދަރަޖައަކީ މާތް ﷲ އަށް ތަގްވާވެރިވުމެވެ. މާތް ﷲ އިސްލާމް ދީން ފުރިހަމަ ކުރައްވާފައިވާ އިރު، ދީނަށް އުނި އިތުރު ކުރުމަކީ އެއް ވެސް މީހަކަށް އޮތް ޙައްގެއް ނޫން ކަމަށެވެ.
ދުނިޔޭގައި ދިމާވާ މުސީބާތްތުން ކެތްތެރިކަން އިސްކޮށް ނަމާދުން އެހީތެރިކަން ލިބިގަތުން ކަމަށެވެ. މާތް ﷲ މުސީބާތްތައް އިރާދަ ނުކުރައްވާ ހިނދެއްގައި އެކަމެއް ފިލައިގެން ނުދާނެ ކަމަށާއި މުސީބާތަކީ ﷲ މާ ކުރިން ކަނޑައަޅާފައި އޮތް ކަމެއް ކަމަށް ހުތުބާގައިވެއެވެ.
”އެ ކަން ފިލުވުމުގެ ކުޅަދާނަކަން ލިބިގެން ވަނީ މާތް ﷲ އަށް. މި މުސީބާތްތަކާ އެކުގައި މާތް ގެ ނިއުމަތްތަކުން ހަނދާން ކުރަން ޖެހޭ“އެވެ.
ދުނިޔެ އަށް ދިމާވާ މުސީބާތްތަކުން އަންގައިދެނީ މާތް ﷲ ގެ ކުޅަދުންވަންތަކަން ކަންކަމަށާއި މުސީބާތްތައް މެދުވެރިވެއްޖެ ނަމަ މާތް ﷲ ގެ މަގަށް އައުމަށް ނުވަތަ ރުޖޫއަވުމަށް މިއަދުގެ ޙުތުބާގައިވެއެވެ.