ނޮޅިވަރަންފަރުން ކެނޯއެއްގައި މަސް ހިފަން ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ ނޮޅިވަރަންފަރު ގެސްޓު ހައުސްއެއްގައި މަސައްކަތްކުރާ ދެ ބިދޭސީން މަސް ހިފަން ކެނޯއެއްގައި ނުކުމެ އުޅެނިކޮށް އެތަނުން އެކަކު ގެއްލިފައިވާ ކަމަށް 14:15 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެގޮތުން ގެއްލިފައިވަނީ 29 އަހަރުގެ ބަނގްލަދޭޝް ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.
އެ މީހާ ގެއްލިފައިވަނީ ނޮޅިވަރަންފަރު ހުޅަނގު ފަރާތުން ގާތްގަނޑަކަށް 200 މޭލު ބޭރުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެ އެވެ.
ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް އިން ދަނީ ކުރަމުންނެވެ.