ރައީސް ޔާމީނަކީ މި ޖީލުގެ ބޮޑުތަކުރުފާނުކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލޭ ސިޓީ ކައުންސިލުގެ މެންބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބާގައި ޝުޖާއު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޤައުމީ ދުވަހަކީ “އަހަރެމެން އަތޮޅު މުޙައްމަދު ތަކުރުފާނު“ ޕޯޗުގީޒުންގެ ކިބައިން މި ޤައުމު ސަލާމަތް ކުރެއްވި ދުވަސް ކަމަށެވެ. އަދި “އަހަރެމެން އަތޮޅު މުޙައްމަދު ތަކުރުފާނު“ ކުރެއްވި މަސައްކަތްޕުޅަކީ ޤައުމު އަޅުވެތިކަމުން ސަލާމަތް ކުރުމުގެ މަސައްކަތްޕުޅު“ ކަން ވެސް ޝުޖާއުގެ ޓުވީޓުގައި ފާހަގަކުރެއްވިއެވެ.
“މިއަދު އަހަރެން މިމަސައްކަތް ކުރަނީ މިޖީލުގެ މުޙައްމަދުތަކުރުފާނާއެކުއެވެ. އާދެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމާއެކުއެވެ.“ ޝުޖާއު
އެ މަނިކުފާނު ކުރައްވާ މަސައްކަތްޕުޅަކީ ވެސް، ބޮޑުތަކުރުފާނު ކުރެއްވި ފަދަ ޤައުމީ މަސައްކަތް ޕުޅެއް ކަމަށާއި، އެއީ އިންޑިޔާގެ ނުފޫޒުން މިޤައުމު ސަލާމަތް ކުރުންކަމަށް ޝުޖާއު ވިދާޅުވިއެވެ.
ބަލަގަ ކޮހާ ބޮޑުތަކުރުފާނު ވައްކަންކުރެއްވިކަން އަގޭކަށްނެތް ބުރާންޗާ
ކަލޯ މުހައްމަދު ތަކުރުފާނު ފަދަ ބޭފުޅުންނާ ތިކަހަލަ މީހުންނާ އަޅުވާކިއުމަކީ ކަލޯގެ ނާގާބިލުކަންހުރިވަރުފެނިގެންހިގައްޖެ ކަލޯ