ގަވާޢިދާ ޚިލަފަށް ރަޖިސްޓްރީކޮށްފައިވާ 50 އުޅަނދެއްގެ ރަޖިސްޓްރީ ޓްރާންސްޕޯޓު މިނިސްޓްރީން ބާޠިލުކޮށްފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ބާތިލްކުރި އުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ ގަވާއިދާ ހިލާފަށް ކަމަށެވެ.
ރަޖިސްޓްރީ ބާތިލްކުރި ވެހިކަލްތަކުގެ ތެރޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެގެން ގޮސްފައިވާ އުޅަނދުތަކާއި ގަވައިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ އުޅަނދުތައް ހިމެނެ އެވެ.
ރަޖިސްޓްރީ ބާތިލްކުރި އުޅަނދުތަކުގެ ރަޖިސްޓްރީ ނަމްބަރުތައްވެސް މިނިސްޓްރީގެ އިއުލާންގައި އާންމުކޮށްފައިވެ އެވެ.