މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށްޓަކައި ހުޅުމާލޭގައި ހަދާފައިވާ ހާފްވޭ ހައުސް އަލުން ހުޅުވަން ތައްޔާރުވެއްޖެ އެވެ.
ހާފްވޭ ހައުސް އަލުން ހުޅުވުމަށްޓަކައި ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) އަށް ބޭނުންވާ ތަކެތި ހޯދައިދޭނެ ބަޔަކު ހޯދުމަށް އެންޑީއޭ އިން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.
އެންޑީއޭ އިން މީގެކުރިން ވެސް ހުޅުމާލޭގެ ހާފްވޭ ހައުސް އަށް ބޭނުންވާ ތަކެތި ހޯދަން އިއުލާންކުރި އެވެ. ނަމަވެސް އެދެވޭ ތަރުހީބެއް ލިބިފައެއް ނުވެ އެވެ.
ހުޅުމާލޭގައި 2015 ވަނަ އަހަރު ހަދާފައިވާ ހާފްވޭ ހައުސް އަކީ އިޓަލީގެ އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ ކަރިޓާސް އިޓަލިޔާނާގެ އެހީތެރިކަމުގައި ކޮށްފައިވާ މަސައްކަތެކެވެ.