އަވަށްޓެރި އިންޑިއާގައި ސިޔާސީ ލީޑަރެއް ކަމަށްވާ ބްރަޖޭޝް ޕަތަކް ބައިވެރިވި ހަފްލާ ނިންމާލަން ޖެހުނީ ހަރުފައެއް އައިސްގެން ކަމަށް އެގައުމުގެ މީޑިއާތަކުން ހާމަކޮށްފިއެވެ.
އެގޮތުން އެގައުމުގެ އުއްތަރަ ޕްރަދޭޝްގައި މިނިސްޓަރާއި އެކު ބައްދަލުވުން ކުރިއަށް ދަނިކޮށް ހަރުފަ ފުރަތަމަ ފެނިފައިވަނީ ބައްދަލުވުމުގައި ހުރި މީހަކަށެވެ. ހަރުފަ ވަދެގެން އާއްމުންގެ ތެރެއަށް ދިއުމާއި އެކު ގިނަ އަދަދެއްގެ މީހުން އެނބުރި ގެއަށް ގޮސްފައިވާ ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
އެގޮތުން ހަރުފަ ވަނުމާއި އެކު އާއްމުން ހަޅޭ ލަވާ އެކި ކޮޅު ކޮޅަށް ދުވަން ފެށުމުން ބައްދަލުވުން ވަނީ ހުއްޓާލާފައި ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ. ވައިރަލް ވެފައިވާ ވީޑިއޯ އިން ފެންނަ ގޮތުގައި ގޮނޑި ތަށް އެއްފަރާތް ކޮށް އެ ހަރުފަ ހިފަން މީހުން މަސައްކަތް ކުރާތަން ވެސް ވަނީ ފެނިގެން ގޮސްފައެވެ.
ހަރުފަ ބައްދަލުވުމަށް ވަން ދިމާއެއް ބުނަން ނޭނގޭ ކަމަށާއި ފެނުނީ ވަދެގެން ހުއްޓާ ކަމަށް ވެސް ބައްދަލުވުމަށް ހާޒިރުވި އާއްމުން ވަނީ ހާމަކޮށްފައެވެ.