އާއްމުންގެ ތެރޭގައި މަޤްބޫލު ކަމެއް ހޯދާފައިވާ ފިލްމު ”ޑަޔަރީ އޮފް އަ ވިމްޕީ ކިޑް“ގެ އެކްޓަރ ރަޔަން ގްރަންތަމް އޭނާގެ މަންމަ މަރާލި ކަމުގެ ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލައިފިއެވެ.
ބޭރުގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި 24 އަހަރުގެ ރަޔަން ވަނީ 2020 ވަނަ އަހަރު ތެރޭގައި އޭނާގެ މަންމަ މަރާލައިފަކަމަށެވެ. އަދި އެކަން އޭނާ ވަނީ ވީޑިއޯ ކޮށް ކުށަށް އިޢުތިރާފް ވެސް ވެފައެވެ.
އޭނާ އެކަން ކޮށްފައިވަނީ މަސްތުގެ ހާލަތުގައި ހުރެ ކަމަށާއި އޭނާ ވަނީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ މަރާލުމަށް ވެސް ރާވާފައި ކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ. އަދި ކެނެޑާގެ ދެ ސްކޫލެއްގައި ވެސް ގޮށްވާލަން އޭނާ ވަނީ މަސައްކަތް ކޮށްފައި ކަމަށް ވެސް ވީޑީއޯ ގައި އޭނާ ވަނީ ބުނެފައެވެ.
މި މައްސަލާގައި ރަޔާން ވަނީ 2020 ވަނަ އަހަރުގައި ހައްޔަރު ކޮށްފައެވެ. އަދި އަމިއްލައަށް ކުށްތަކަށް އިއުތިރާފްވެފައި ވާތީ މައްސަލަ އަވަހަށް ނިންމާ އޭނާއަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވީ ކަމަށް ވެސް ކެނެޑާގެ މީޑިއާ ތަކުން ވަނީ ހާމަކޮށްފައެވެ.