ބަނގުރާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކުރެވޭ ޕްރޮސެކިއުޓާ ޖެނެރަލް ޙުސައިން ޝަމީމް މަޤާމުން ވަކިކުރަންޖެހޭކަމަށް ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޒައިދު މިހެން ވިދާޅުވީ ޝަމީމް ބަނގުރާ ފުޅިއެއް ހިއްޕަވައިގެން ހުންނަވާ ފޮޓޯއެއް ނަންގަވައި, އެ ފޮޓޯ އިންސްޓަގްރާމްގައި ޢާންމުކުރެއްވުމާ ގުޅިގެންނެވެ.
ޒައިދު ވިދާޅުވީ ބަނގުރާ ޕްރޮމޯޓްކުރާ ކަމަށް ތުހުމަތުކުރެވޭ ޕީޖީ މަޤާމުން ވަކިކުރަންޖެހޭ ކަމަށެވެ. އަދި އެއީ އިސްލާމީ ޤައުމެއްގެ ޕީޖީގެ މަޤާމަށް އެތައް ގޮތަކުން ކުފޫ ހަމަނުވާ ބޭފުޅެއްކަމަށް ވެސް ޒައިދު ވިދާޅުވިއެވެ.
ޒައިދު ވިދާޅުވީ ސަރުކާރުގެ އަތުގައި ރައްޔިތުންގެ މަޖިލިސް އޮތްއިރު މިކަމާ އަޅާނުލައި ތިބުމަކީ އެއްގޮތްކަށް ވެސް ބަލައިގަނެވޭނެ ކަމެއްނޫން ކަމަށެވެ. އަދި ޒައިދު ވަނީ ފަހަތުފަޔަށް ބުރަނުވުމަށް ވެސް ގޮވައިލައްވައިފައެވެ.