ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ސްރީލަންކާއަށް ފުރާވަޑައިގެންފިއެވެ.
ރައްޔިތުން މަޖިލީހުގެ އިދާރާއިން ބުނީލަންކާގެ އިގުތިސާދީ ހާލަތާ ގުޅޭ ގޮތުން ބޭރުގެ އެހީ ހޯއްދެވުމަށް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ސީވީއެފް އަދި ލަންކާ މިޝަންގެ ބައްދަލުވުމަށް އެ މަނިކުފާނު އެ ޤައުމަށް ފުރާވަޑައިގެންފައިވާ ކަމަށެވެ.
ނަމަވެސް ދަތުރުފުޅާބެހޭ އިތުރު މަޢުލޫމާތެއް ހިއްސާއެއް ނުކުރެއެވެ.
ލަންކާއަށް ދިމާވި އިގުތިސާދީ ގޮންޖެހުންތަކާ ގުޅިގެން އެ ޤައުމަށް ބޭރުގެ އެހީ ހޯދުމަށް މަންދޫބެއްގެ ގޮތުގައި ލަންކާ ސަރުކާރުން ނަޝީދު އައްޔަންކުރީ މީގެ ދެތިން މަސްކުރިންނެވެ.