ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައިފަހުން ހދ.ނައިވާދުއަށް ވަޑައިގެންނެވި ދެވަނަ ރައީސަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވެވަޑައިގެންފިއެވެ.
ތިލަދުންމައްޗަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ރައީސް ޞާލިޙް މިއަދު ވަނީ ނައިވާދުއަށް ވަޑައިގެންފައެވެ.
އެ ގޮތުން އެ ރަށު ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި، އެ ރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލުކުރައްވައި މަޝްވަރާ ކުރެއްވިއެވެ.
އެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ފާއިތުވި 13 އަހަރުގެ ތެރޭގައި ނައިވާދުއަށް ރައީސް ޞާލިޙް ނޫން އެހެން އެއްވެސް ރައީސެއް ވަޑައިގެންފައި ނުވާކަން ފާހަގަ ކުރައްވާފައެވެ.
ރާއްޖެއަށް މަލްޓި ޕާޓީ ޑިމޮކްރަސީ އައިފަހުން ނައިވާދުއަށް ވަޑައިގަތް ފުރަތަމަ ރައީސަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދެވެ. އެ މަނިކުފާނު އެ ރަށަށް ވަޑައިގަތީ 2010 ގައެވެ.