ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި އިންސާފުން އެންމެންނަށް ކަންތައްތައް ކޮށްދިނުމަކީ ވެވެވަޑައިގެންނެވި އެންމެ ބޮޑު ވަޢުދު ކަމަށާއި، އެ ވަޢުދު ފުއްދައްވަމުން ގެންދަވާނެ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެހެން ވިދާޅުވީ ހދ.ނައިވާދޫ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި ޚިދުމަތްދޭން ފެށުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
”އަޅުގަނޑަކީ ޅ.އަތޮޅު ހިންނަވަރަށް އުފަން މީހެއް. ޕްލޭނިންގ މިނިސްޓަރ އަސްލަމަކީ ގދ. ފަރެސްމާތޮޑާއަށް އުފަން ބޭފުޅެއް. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު އަސްލަމް އެއީ ހިތަދޫ ސިޓީއަށް ނިސްބަތްވާ ބޭފުޅެއް. މިނިސްޓަރު މާރިޔާ ސީދާ މާލެއަށް ނިސްބަތްވާ ބޭފުޅެއް. އެހެން ނަމަވެސް އަޅުގަނޑުމެންވީ ވަޢުދަކީ އެންމެ ބޮޑު ވަޢުދަކީ ތަފާތުނުކުރުން. އެއްވެސް ރައްޔިތަކު ތަފާތުނުކޮށް ހަމަހަމަކަމާއެކީގައި ޚިދުމަތްތައް ފޯރުކޮށްދިނުން.“
ރައީސް ވިދާޅުވީ އެ ބޮޑު ވަޢުދު އެގޮތަށް ފުއްދަވަމުން ގެންދަވާނެ ކަމަށެވެ.
އަދި ކޮވިޑުގެ ދަތިކަމާއެކު ވެސް ދެން ހުރި ވަޢުދުތައް ދުވަހުން ދުވަހަށް ބަރާބަރަށް ފުދެމުން އަންނަކަމަށް ރައީސް ވިދާޅުވިއެވެ.
ސާފު ތާހިރެއް ނުވެވުނު.ދުނިޔެ ދުށް އެންމެ މުޑުދާރު ޢަމަލު ލިވާޠު ކުރީމާ އަދަބު ދިންގޮތް ނުތާހިރު.ކިހާ އިންސާފު.