އިންޑިއާ މީހެއްގެ މައްޗަށް އުފުލި ”ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދަޢުވާ“ ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
އެ ދަޢުވާ އުފުލީ އިންޑިއާގެ ރައްޔިތެއްކަމުގައިވާ ރަމޭޝް ސެލްވަމޮނީގެ މައްޗަށެވެ.
ކްރިިމިނަލް ކޯޓުން ބުނީ އޭނާ ދަޢުވާއަށް އިންކާރުކޮށްފައިވާ ކަމަށެވެ. އަދި ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހެޅި ހެއްކާއި ޤަރީނާއިން، މީހަކު ކުށެއް ކޮށްފިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތް ޝަރީޢަތަށް ސާބިތުކުރުމަށް ބޭނުންވާ މިންވަރަށް ޝަރީޢަތަށް ހެކި ޤަރީނާ ލިބިފައިނުވާ ކަމަށެވެ.
އެހެންކަމުން މި ދަޢުވާ ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅައި ޙުކުމްކުރެވިފައިވާކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.
މި މައްސަލައަކީ ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭ މައްސަލައަކަށްވާތީ މައްސަލައާބެހޭ އިތުރު މަޢުލޫމާތު ހާމަކޮށްފައެއް ނުވެއެވެ.