ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް މަރްޔަމް ޝަފީޤު މިއަދު ޢައްޔަން ކުރައްވައިފިއެވެ.
މަރްޔަމް ޝަފީޤު މިއަދާ ހަމައަށް ހުންނެވީ އާސަންދަ ކޮމްޕެނީ ލިމިޓެޑްގައެވެ.
އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރުގެ މަޤާމަށް މަރްޔަމް ޝަފީޤު އައްޔަން ކުރައްވާފައިވަނީ ކުރިން އެ މަޤާމު ފުރުއްވަމުން ގެންދެވި އިސްމާޢީލް ޢައްޒާމް ވަޖީހު މިއަދު އިސްތިއުފާދެއްވާފައި ވާތީއެވެ.
ތައިލެންޑްގެ ޗުލަލޯންގކޯން ޔުނިވަރސިޓީން ހެލްތު އިކޮނޮމިކްސް ދާއިރާއިން މާސްޓަރ ޑިގްރީ ހާސިލު ކުރައްވާފައިވާ މަރްޔަމް ޝަފީޤު މީގެ ކުރިން ވެސް އެންސްޕާގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމު އަދާކުރެއްވިއެވެ.
މީގެ އިތުރުން އެ އިދާރާގެ އިސް މަޤާމުތަކާއި, ސިއްހީ ދާއިރާއާއި, ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ އިސް މަޤާމުތައް ފުރުއްވިއެވެ.