ނަމާދު ކުރާ އަޑު މިސްކިތުން ބޭރަށް ނީވޭ ގޮތަށް ހަދަން ބައެއް މިސްކިތްތަކުގެ އިމާމުންނަށް އަންގައިފިއެވެ.
އެފަދަ އެންގުމެއް އެންގިކަން އިސްލާމިކް މިނިސްޓްރީން ވަނީ ކަށަވަރު ވެސް ކޮށްދީފައެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އެ ގޮތަށް އެންގީ އެ ހިސާބުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން ތަކުރާރުކޮށް ޝަކުވާ ލިބެމުން ދާތީ ކަމަށެވެ. މިސްކިތުގައި ނަމާދުކުރާ އަޑު މިސްކިތުން ބޭރަށް އިވުނު ނަމަވެސް ނަމާދު ކުރާ އަޑު މުޅި ސަރަހައްދަށް އިވޭ ގޮތަށް ހެދުމަކީ އާންމު އުސޫލެއް ނޫން ކަމަށެވެ.
މީގެ އިތުރުން ބައެއް މިސްކިތްތަކުގައި ބަންގި ގޮވުމަށް ބޭނުން ކުރާ ލައުޑް ސްޕީކަރު ކަނޑާ ނުލައި ނަމާދު ކުރާތީ އެ ސަރަަހައްދުތަކަށް ވަރަށް އަޑުގަދަވާ ކަމަށާއި ނަމަވެސް ލައުޑް ސްޕީކަރަކީ ހަމައެކަނި ބަންގި ގޮވުމަށް ބޭނުންކުރާ އެއްޗެއް ކަމަށް ވެސް އަފްރާހު ވިދާޅުވިއެވެ.
މިސްކިތުން ބޭރަށް ނަމާދު ކުރާ އަޑު ނިވޭ ގޮތް ހަދަން އެންގީ ކޮން މިސްކިތްތަކަށް ކަމެއް އަދި ސާފެއް ނުވެއެވެ.