އިންޑިއާގެ އަވަށެއްގައި ދިރިއުޅުން ކުޑަ ކުއްޖެއް ސުކޫލަށް ދާން ޖެހޭތީ ކަމަށް ބުނެ އޭނާގެ ގާތް ރަހުމަތްތެރިޔާ މަރާލައިފިއެވެ.
އިންޑިއާގެ ރިޕޯޓް ތަކުން ހާމަކޮށްފައިވާ ގޮތުގައި މި ކުއްޖާ މަރާލާފައިވަނީ ސުކޫލުން ދޭ ފިލާވަޅުތަކާއި ކިޔެވުމުގައި މާގިނަ ވަގުތު ހޭދަކުރަންޖެހޭތީ ކަމަށެވެ. ސުކޫލަށް ދިއުމަށް ވުރެ އޭނާ ބޭނުންވަނީ ޖަލުގައި ހުންނަން ކަމަށް ވެސް ރިޕޯޓް ތަކުން ވަނީ ހާމަކޮށްފައެވެ.
އެގޮތުން މި ފިރެހެން ކުއްޖާ ވަނީ އޭނާގެ އެކުވެރިޔާ މަރާލުމަށް މީގެ ފަސް މަސް ކުރިން ފެށިގެން އެކި ކަހަލަ ރޭވުންތައް ރާވާފައެވެ. މި އެކުވެރިޔާއަކީ އޭނާގެ އަށް ވުރެ ދެއަހަރު ހަގު، އޭނާގެ އަވަށްޓެރިއެއް ކަމަށް ވެސް ރިޕޯޓް ތަކުން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާ އާއި ބެހޭ އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް އިންޑިއާގެ ފުލުހުން އަންނަނީ މި މައްސަލަ ބަލަމުން ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.