ބޮލީވުޑްގެ ބަތަލް ސިދާތް މަލޯތްރާ އާއި ބަތަލާ ކިއަރާ އަދްވާނީ މިއަހަރު ކައިވެނި ކުރާނެ ކަމަށް ރިޕޯޓް ތަކުން ހާމަކޮށްފިއެވެ.
ނަން ހާމަ ނުކުރުމަށް އެދި ކިއާރާގެ ރައްޓެއްސެއް އިންޑިއާގެ ނޫހަކަށް ދީފައިވާ އިންޓަވިއުއެއްގައި ހާމަކޮށްފައިވާ ގޮތުގައި އެދެމީހުންގެ ކައިވެނި މިއަހަރު ފަހުކޮޅުގައި އޮންނާނެ ކަމަށެވެ. ނަމަވެސް ދެމީހުންގެ ޙިޔާލް ތަފާތު ވުމުން އަދި އެއްވެސް ކަމެއް ފައިނަލް ނުވާ ކަމަށެވެ.
އެގޮތުން ކިއާރާ ބޭނުންވަނީ ކައިވެނީގެ ހަފްލާ ވަރަށް ކުލަ ގަދަކޮށް ކުރިއަށް ގެންދަން ކަމަށާއި ނަމަވެސް ސިދާތު އެކަމާއި ދެކޮޅު ހަދާކަމަށެވެ.
މި ދެފަންނާނުން ލޯބީގެ ގޮތުން ގުޅިފައިވަނީ މި ދެތަރިން އެއްކޮށް ކުޅެފައިވާ ފިލްމް ”ޝެހެރްޝާހު“ ގެ ޝޫޓިން ތެރެއިންއެވެ. ގުޅުން ސިއްރުކޮށްގެން އުޅުމަށް ފަހުގައި ކޮފީވިތް ކަރަންގައި މި ތަރިންގެ މެދުގައި އޮންނަނީ އެކުވެރި ކަމަށް ވުރެ ގާތް ގުޅުމެއް ކަމަށް ބުނެ މި ދެތަރިންގެ ގުޅުން ވަނީ އާއްމުކޮށްފައެވެ.