ޢާންމުން މަގުތަކަށް ނުކުމެ ކުށުގެ ތުހުމަތުކުރެވޭ މީހުންނަށް ހުކުމްކޮށް، ތަންފީޒުކުރާ ހިސާބަށް ޤައުމެއްގެ ހާލަތު ދިއުމީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް ޝައިޚް އަޙްމަދު ސަމީރު ވިދާޅުވެއްޖެއެވެ.
ޝައިޚް މިހެން ވިދާޅުވީ ޢުމުރުން 12 އަހަރުގެ ފިރިހެން ދަރިވަރަކާ ބެހުނުކަމަށް ބުނެ ރޭގެ ވަގުތެއްގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޓީޗަރެއްގެ ގައިގައި ތަޅައި އަނިޔާކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެ ގޮތުން ޝައިޚް ސަމީރު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިސްލާމީ ޝަރީޢަތުން ކަށަވަރުކޮށްދެއްވާފައިވާ ޙައްޤުތައް ހިމާޔަތްކުރުމަށް އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރުން ދައުލަތުގެ މައްޗަށް ލާޒިމްވެގެންވާ ކަމަށެވެ.
”އިސްލާމީ ޝަރީޢަތުން ކަށަވަރުކޮށްދެއްވާފައިވާ ޙައްޤުތައްކަމުގައިވާ އިސްލާމްދީނާއި، މީހާގެ ނަފްސާއި، ނަސްލާއި، މުދަލާއި، ބުއްދިއާއި، އަބުރު ހިމާޔަތްކުރުމަށް އެންމެ މަތީ ދަރަޖައިގައި މަސައްކަތް ކުރުން ދައުލަތުގެ މައްޗަށް ލާޒިމްވެގެން ވެއެވެ.“
އަދި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވަނީ އެ ކަންކަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދައުލަތަށް ފުރުސަތު ދީ އެހީތެރިވެދިނުންކަމަށް ވެސް ޝައިޚް ވިދާޅުވިއެވެ.
އެއަށްފަހު ޝައިޚް ވިދާޅުވީ މީސްމީހުން އަމިއްލައަށް މަގުމަތީ ޙުކުމްކޮށް، ތަންފީޒުކުރާ ހިސާބަށް ޤައުމެއްގެ ހާލަތު ދިއުމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި..ހައްލަކީ ޢުމަރު