ފިރިހެން ކުއްޖަކާ ބެހުނުކަމުގެ ތުހުމަތުގައި ހުޅުމާލޭ ދެވަނަ ފިޔަވަހިން ރޭ ހައްޔަރުކުރި ފިރިހެން މީހާގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން 05 ދުވަސް ދީފިއެވެ.
މަޢުލޫމާތު ލިބޭ ގޮތުން ރޭ ހައްޔަރުކުރީ ޓީޗަރެކެވެ.
އޭނާ ކިޔަވައިދެމުންދާ ސުކޫލުގެ 12 އަހަރުގެ ދަރިވަރަކާ ބެހުނުކަމަށް ބުނެ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރޭ ބަޔަކު ވަނީ އޭނާގެ ގައިގައި ތަޅައި އަނިޔާކޮށްފައެވެ. ޢާންމުވެފައިވާ ވީޑިއޯއިން އިވޭ ގޮތުގައި އޭނާ ވަނީ ކުއްޖާއާ ބެހުނުކަމަށް ވެސް އިޢުތިރާފުވެފައެވެ.
ފުލުހުންގެ އޮފިޝަލަކު މިރޭ މި ނޫހަށް ވިދާޅުވީ އޭނާގެ ބަންދާމެދު ގޮތެއް ނިންމަން ހުޅުމާލޭ ކޯޓަށް ހާޒިރުކުރުމުން ބަންދަށް ފަސް ދުވަސްދީފައިވާ ކަމަށެވެ.
ކުރެވުނު ތުހުމަތާ ގުޅިގެން އޭނާއަށް އަނިޔާކޮށްފައިވާއިރު, ފުލުހުން މިރޭ ކުރި ޓުވީޓެއްގައި ވަނީ އިންސާފު ހޯދުމަށްކަމަށް ބުނެ ޖިނާއީ މައްސަލަތަކުގައި ތުހުމަތުކުރެވޭ މީހުންނާމެދު ރާއްޖޭގެ ޤާނޫނުތަކާ ޚިލާފު އަނިޔާވެރި އަމަލުތައް ހިންގާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެފަދަ ކަންތައްތައް ތަކުރާރު ނުކުރުމަށް އިލްތިމާސްކޮށް, ފުލުހުން ވަނީ އެފަދަ ކުށްތައް ހިންގާ ފަރާތްތަކުގެ މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް ބުނެފައެވެ.
ފުލުހުންނަށް ތަންފީޒް ކުރެވޭ އޮންނާނީއެނެ ޤާނޫނެއް! އެއީ ޓްރެފިކް ޤަވާޢިދާ ހިލާފުވެގެން ޖޫރިމަނާ ކުރާ ޤާނޫނު ސުކްރަނަ
ދީނުގެ މަގުގައި ހިފުމަށް ވަކާލާތުކޮށް އެކަމަށް މަސައްކަތް ކުރާ މީހަކަށް ދީނަށް ލޯބި ކުރައްވާ އެންމެން ބައިއަތު ހިއްޕަވާ މިގައުމު ސަލާމަތް ކުރުމަށް މަސައްކަތް ކޮށްދެއްވާ.ބަދުރުން މިސާލު ނަންގަވާ.ކާމިޔާބާއި ފަލާޙު އޮތީ އެގޮތުގައި.ހައްލަކީ ޢުމަރު