އޭލެވެލްގައި މިހާތަނަށް ކިޔަވައިދެމުން އަންނަ އެޑެކްސެލް ސިލަބަހުގެ ބަދަލުގައި ކެމްބްރިޖު ސިލަބަަހަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އަންނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ އަހަރުގެ އޮކްޓޫބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
އެޑިއުކޭޝަނުން ބުނީ ގުރޭޑް 12 ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާނީ 2024-2025 ވަނަ އަހަރު ކަމަށެވެ. އަދިވއޮކްޓޫބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ މި ބަދަލާ ގުޅިގެން މިހާރު މަތީ ސާނަވީއަށް ކިޔަވަމުންދާ އަދި މި އަހަރު ގްރޭޑް 11 ގައި ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
އޭލެވެލްގައި މިހާތަނަށް ކިޔަވައިދެމުން އަންނަ އެޑެކްސެލް ސިލަބަހުގެ ބަދަލުގައި ކެމްބްރިޖު ސިލަބަަހަށް ބަދަލުކުރަން ނިންމީ ދަރިވަރުންނަށް އިތުރު ފަސޭހަތަކެއް ހޯދައިދިނުމަށް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.